ކޮވިޑް19 އިން ސަލާމަތްވުމަށް ހުރިހާ އެންމެންވެސް ގޭގައި ތިބުމަށް ދިވެހި ޑޮކްޓަރުން ތަކުރާރުކޮށް އިއުތިމާސްކޮށްފި

ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ބަލިފެތުރޭ މިންވަރު އިންތިހާއަށް ގިނަވަމުންދާ މިދަޑިވަޅުގައި  ރާއްޖޭގެ ރަށްޔިތުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރާއްޖެގެ ޑޮކްޓަރުންދަނީ ވިދާޅުވަމުންނެވެ. މުޅިދުނިޔެ ސިއްހީގޮތުން ބަލިމަޑުކަމެއްގައި އޮތް މިދަޑިވަޅުގައި ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ ކޮވިޑްގެ ނުރައްކާތެރިކަން ރާއްޖޭގައި ބޮޑުކަމަށެވެ. އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރ ޑޮކްޓަރ އަބްދުﷲ ނިޔާފް ކުރެއްވި ޓުވިޓެއް ރީޓުވިޓް ކުރައްވަމުންނެވެ.

ޑޮކްޓަރ ނިޔާފް ކުރެއްވި ޓުވިޓްގައި ވިދާޅުވެފައިވަނީ ދުނިޔޭގައި ކޮވިޑް ފެތުރުން އެއްވެސް މިންވަރަކަށް މަޑުނުވާކަމަށެވެ. ބަލިދަނީ ހަލުއިކަމާއެކު ފެތުރެމުންކަމަށެވެ. މިކަމުގައި ރަށްޔިތުން ރައްކާތެރިވެ ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޑޮކްޓަރ ނިޔާފްވަނީ އިއުތިމާސްކޮށްފައެވެ.

ދުނިޔޭގައި ހަލުއިކަމާއެކު ކޮވިޑް19 ފެތުރެމުންދާއިރު ބަލީގެ ޝިކާރައަކަށް މިރެއާއި ހަމައަށް  393603 މީހުންވަނީ ވެފައެވެ. ބަލި ފެތުރުން އެއްވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިނުވާއިރު ފާއިތުވެދިޔަ 4 ހަފްތާ ވެގެން ގޮސްފައިވަނީ މިބަލީގައި އެންމެ ގިނަމީހުން މަރުވެ ބަލި ޖެހުނު މީހުން އެންމެ ގިނައިން ފެނުނު ހަފްތާއެއްގެ ގޮތުގައެވެ.

މިބަލިން ސަލާމަތްވުމަށް ދުނިޔޭގެ ގައުމުތަކުން ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާއިރު މިކަމުގައި އެއްވެސް ގައުމަކަށް އަދި ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. މިކަމުގައި އެންމެ ބޮޑު ގޮންޖެހުންތަކެއް އޮތް ސަރަހައްދަކީ ޔޫރަޕްގެ ގައުމުތަކެވެ. އެގަމުތަކުގައި ދުވާލަކަށް ބަލި ޖެހޭ ނިސްބަތް އެތައް ހާހަކުން ގުނާލެވޭއިރު ބަލިކޮންޓްރޯލް ކުރުމަށް އެގައުމުތަކުންދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ކޮވިޑް19 އަށް ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި ކަމާއިބެހޭ ފަރާތްތަކުން ދެއްވަމުން ގެންދަވަނީ އެއް އިރުޝާދެކެވެ. ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި ހޭޑްސެނެޓައިޒާ ބޭނުންކުރުމާ ހުންއައުން ނުވަތަ ކެއްސާ ކިބިހި އަޅުންފަދަ ކަމެއް ހުރިނަމަ ގޭގައި މަޑުކުރުމާއި މާސްކު އެޅުމަށްދޭ އިރުޝާދުތަކެވެ. މީގެ އިތުރުން ކެއްސާ ކިބިހި އަޅާނަމަ އުޅަބޮށިން ނުވަތަ ޓިޝޫއަކުންނަމަވެސް އަގަޔާއި ނޭފަތް ނިވާކުރުމާއި ބޭނުންކޮށްފައިހުންނަ ޓިޝޫފަދަ ތަކެތި ވަގުތުން ޑަސްބިނަށް ލުމަށްފަހު ސައިބޯނި ލައިގެން ރަގަޅަށް އަތްދޮވުމާއި ކޮންމެހެން ހޮސްޕިޓަލަށް ނުވަތަ ސިއްހީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރަންޖެހޭ ހާލަތެއްގައި ނޫނީ ޒިޔާރަތްނުކުރުން ނުވަތަ ޒިޔާރަތްކުރާ މިންވަރު މަދުކުރުމާ ރޯގާ ޖެހި ކެއްސާ ހުންއައުންފަދަ ކަމެއް ހުރިނަމަ ހޮސްޕިޓަލްގައި ތިބޭމީހުން އެހެން ބަލިމީހުންނަށް ޒިޔާރަތްނުކުރުމަށްވެސް ދަނީ އިއުތިމާސް ކުރަމުންނެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ހުޅުއްވާދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ. ...

ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު މަރުވެ އެކަކު ގެއްލިގެން ހޯދަނީ

ކ ގުޅީ ބޭރުން ދެ ލޯންޗް ޖެހި ހިނގި ނުރައްކާތެރި  އެކްސިޑެންޓުގައި ބިދޭސީއަކު ނިޔާވެ ދިވެއްސަކު ގެއްލިގެން ހޯދަން ...

އައްޑޫ ސިޓީ ގަމުން ދަތުރުކުރާ މީހުންނަށް ސްރީލަންކަންގެ “މީލް ޕްރީ-އޯޑަރ”

އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ގަމުން ދަތުރުކުރާ ފަރާތްތަކަށް އެމީހަކު ބޭނުން ...