ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކާއި ސަފާރީތަކުން ޓޫރިސްޓުން އެކްސްކާޝަނަށް ރަށްރަށް ގެންދިޔުން މިވަގުތަށް މަނާކަމެއްގެ ގޮތުގައި އެޗްޕީއޭއިން ކަނޑައަޅައިފި އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށަށް ޓޫރިސްޓުން އެކްސްކާޝަނަށް ގެންދިޔުމާ އަދި މީހުން ދިރިއުޅޭ ރަށްރަށުން ޓޫރިސްޓުން ރިސޯޓްތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް ގެންދިއުން މިރެއިން ފެށިގެން ހުއްޓާލުމަށް އަންގާ ކަމަށެވެ
ރާއްޖެއިން ވައިރަސް ޖެހިފައިވާ އަށް މީހަކު ފެނިފައި ވާތީ އެ ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން މިއަދު ސަރުކާރުން ވަނީ 30 ދުވަހުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖެއަށް އިއުލާންކޮށްފަ އެވެ.