advertisement
މީދޫ ދާއިރާގެ އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް ތިބީ އެމްޑީޕީ ކެނޑިޑޭޓް ޝޫޒާއާއި އެއްކޮށްކަމަށާ އެމްޑީޕީގެ މެމްބަރުން ބައިބައިވެފައިނެތްކަމަށް މީދޫ އެމްޑީޕީގެ “ފިސަހަރި ” ގޮފީގެ ރައީސް އަބްދުﷲ ވަސީމު ވިދާޅުވެއްޖެވެ.
އަބްދުﷲ ވަސީމު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި މީދޫދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ޝޫޒާގެ ކެމްޕެއިންޓީމުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ހޮނިހިރުދުވަހު ހަވީރު މީދޫ ކާޑުގެ ޕާކްގައި ބޭއްވުނު މިބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ވަސީމު ވިދާޅުވީ އެންޓި ކެމްޕެއިން ކޮށް މީދޫ ދާއިރާގެ އެމްޑީޕީމެމްބަރުން ބައިބައިވެ ދެ ގްރޫޕަކަށް ބެހިފައިވާކަމަށްބުނެ ދެކެވޭ ވާހަކައަކީ ދޮގުވާހަކަތެއްކަމަށެވެ.
” އެމްޑީޕީގެ ކެނޑިޑޭޓް ޝޫޒާ ނިކުމެ އެހުންނެވީ މީދޫ ރަށްޔިތުން ތަމްސީލް ކުރަންވެގެން ، ޝޫޒާއަކީ ސަރުކާރުގެ ބޮޑެތި މިނިސްޓްރީތަކުގައި އިސްމަގާމުތެއް އަދާކުރައްވައި ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިލައްވާފައިވާ ގާބިލް ކަނބަލެއް . އެހެންކަމުން މީދޫގެ މެޖޯރިޓީ އޮތީ ޝޫޒާއާއިއެއްކޮށް ” ވަސީމު ވިދާޅުވިއެވެ.
advertisement
ކޮމެންޓްސް (0)