ޤާސިމްގެ މަރުގެ މައްސަލަ – އަދުހަމް ކުށަށް އިއުތިރާފުވެއްޖެ، ބޭނުންވަނީ ގާސިމްގެ ވާރިސުންގެ ފަރާތުން މާފު –އަދުހަމް

advertisement

4 ޑިސެމަބަރ 2019 ވަނަ ދުވަހުގެރޭ ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދު ޤާސިމް ޙަސަން މަރާލިކަމުގެ ކުށަށް ކުރިމިނަލްކޯޓުގައި އިއުތިރާފުވެއްޖެއެވެ.

އަދުހަމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައިވަނީ  ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްތި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންކުރާ ދައުވާއެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމް މުހައްމަދު ބުނީ އެނާ ޑްރައިވަރު ޤާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލަތުގައި ހުރެގެންކަމަށާއި އެނާ އެ ކުށަށް އިއުތިރާފުވާކަމަށެވެ. އަދި ކުށަށް ތައުބާވެފައިވާކަމަށާއި އެދެނީ ޤާސިމްގެ ވާރިސުންގެ ކިބައިން މާއާފަށް ކަމަށްވެސް އަދުހަމު މިއަދު ވަނީ ކޯޓުގައި ބުނެފައެވެ.

ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުވާލިބޭ އަދުހަމް ކުށަށް އިއުތިރާފުވުމުން ދެން އޮންނާނީ ހުކުމްކުރުމެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގެ ހުކުމްކުރުން އަންނަ އަންގާރަދުވަހު ބާއްވާނެކަމަށެވެ. އަދި އެދުވަހު ގާސިމްގެ ވާރިސުންގެ ބަސް ނަގާނެކަމަށްވެސް މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވިއެވެ.

ކުށަށް އިއުތިރާފުވުމުން އަދުހަމްގެ މައްޗަށް އަންނާނީ މަރަށް މަރު ހިފުމުގެ ހުކުމެވެ. އެހެންނަމަވެސް އެއްވެސް ވާރިސަކު މާއާފު ދީފިނަމަ ހުކުމްކުރާނީ އުމަރަށް ޖަލަށްލުމާއި މަރުގެ ދިޔަށް ދިނުމަށެވެ. ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއްލައްކަ ރުފިޔާއެވެ.

advertisement
Next: އާ ސީޕްލޭން ޓާމިނަލްއިން ބައެއް ޓީއެމްއަށް ދޭން ރައީސް ނަޝީދު ވެސް ތާއިދު ކުރައްވައިފި