ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން މީހުން ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ.
ސަރުކާރުން ނިންމާފައިވަނީ ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މަނާކުރުމަށެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ނިންމުން ނިންމެވީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި މިއީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
މި ނިންމުމާއި އެކު ޗާޓަރު ފްލައިޓެއްގައި ޗައިނާއިން ރާއްޖެއަށް އެތެރެއެއް ނުވެވޭނެ އެވެ. ނަމަވެސް މި މަނާވުން ޗައިނާގައި މިހާރު ތިބި ދިވެހިންނަށް ނޯންނާނެ އެވެ.
މީގެކުރިން ސަރުކާރުން ވަނީ ޗައިނާއިން ރާއްޖެއަށް ސިދާ ދަތުރުތައް މެދުކަނޑާލާފަ އެވެ. އެއާ ގުޅިގެން މިހާރު ރާއްޖޭގައި ތިބި ޗައިނާ ފަތުރުވެރިން އަނބުރާ ގެންދިޔުމަށް ޗައިނާއިން ޗާޓަރު ފްލައިޓްތައް އަ އެވެ.
ރާއްޖޭގެ އިތުރުން ސިންގަޕޫރުން ވެސް ވަނީ ޗައިނާއިން އެ ގައުމަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިންވެސް އަންނަ ގައުމެވެ. ރާއްޖެއަށް ޗައިނާއިން މީހުން އެތެރެވުން މަނާކުރި ނަމަވެސް ޑަބްލިއުއެޗްއޯއިން ނެރެފައިވާ ކުއްލި ހާލަތުގައި ދަތުރުކުރުމުގެ މަނާ ކުރުންތައް ކޮންމެހެން އަޅަން ނުފެންނަ ކަމަށް ބުނެފައިވެ އެވެ.