ޗައިނާގެ ވޫހާންގައި ތިބި ދިވެހިން ދިއްލީއަށް ގެންގޮސްފި

advertisement

ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރި، ބަންދުކޮށްފައި އޮތް ޗައިނާގެ ވޫހާން ސިޓީގައި ތިބި ހަތް ދިވެހިން އިންޑިއާގެ ނިއުދިއްލީއަށް ގެންގޮސްފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ދިވެހީންވެސް ހިމެނޭ ގޮތަށް އިންޑިއާ މީހުންނާއެކު ނިއުދިއްލީއަށް ގެންދިޔަ ހުރިހާ އެންމެން ދިއްލީ ކައިރީގައި އޮންނަ މަނޭސާރުގައި އެގައުމުގެ އަސްކަރިއްޔާއިން ގާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ވަކި މުއްދަތެއް ވަންދެން ބައިތިއްބާނެއެވެ. އަދި ހަތް ދިވެހީންގެ ހާލުވެސް ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކޮރޯނާވައިރަސް ޗައިނާގެ ހުރިހާ ޕްރޮވިންސަކުންވެސް މިހާރު ފެނިފައިވާ އިރު، އެހެން ސިޓީތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފޮރިން މިނިސްޓްރީން ޗައިނާ ސަރުކާރާ މަޝްވަރާކުރަމުންދާ ކަމަށާއި، އެ ހުރިހާ ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކޮށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދެއްވާކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވިދާޅުވީ ރާއްޖޭގައި ތިބި ޗައިނާގެ އެތައް ހާސް ޓޫރިސްޓުންނެއް އެނބުރި ގައުމަށް ދިއުމާއި ހަތް ދިވެހީން ވޫހާންއިން ނުކުތުމުގެ ކަންކަން އިންތިޒާމުކުރުން ފަދަ ކަންކަން ކުރަމުން ދަނީ ޗައިނާއާ ރާއްޖެއާ ގުޅިގެން ކަމަށެވެ.

ވޫހާންގައި ނުވަ ދިވެހީން ތިބި އިރު އޭގެ ތެރެއިން އިންޑިއާއަށް ގެނެސްފައިވަނީ ހަތް މީހުންނެވެ. ދެ މީހަކު ވޫހާންގައި މަޑުކުރުމަށް ނިންމީއެވެ. ޗައިނާ ސަފީރު ވިދާޅުވީ އެ ދެ މީހުންނަށް ޗައިނާ ސަރުކާރުން ރަނގަޅަށް އަޅާލައި، އެމީހުންގެ ހާލު ގާތުން ބަލާނެ ކަމަށެވެ.

ނިއުދިއްލީއަށް ދިވެހީން ގެންދިޔަ އެއާ އިންޑިއާ ފްލައިޓަކީ ވޫހާންގައި ތިބި އިންޑިއާ މީހުން އެނބުރި ގައުމަށް ގެންދިއުމަށް ފޮނުވި ދެވަނަ ފްލައިޓެވެ. އެ ފްލައިޓުގައި ހަތް ދިވެހީންގެ އިތުރުން 323 އިންޑިއާ ރައްޔިތުން ދިއްލީޢަށް ގެނެސްފައިވެއެވެ.  އިއްޔެވެސް އިންޑިއަން އެއާލައިންސް ފްލައިޓެއްގައި 324 އިންޑިއާ ރައްޔިތުން ވޫހާންއިން ނެރެ، ދިއްލީއަށް ގެނެސްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް: އައްޑޫސިޓީން ބައިވެރިކުރާ ދަރިވަރުންގެތެރެއިން އަތޮޅުމަދަރުސާގެ 7 ދަރިވަރަކު ހިމެނިއްޖެ

ރާއްޖޭގެ ގައުމީ ގުރުއާން ކިޔެވުމުގެ 34 ވަނަ މުބާރާތުގައި އައްޑު އަތޮޅުން ބައިވެރިކުރާ ދަރިވަރުންގެ ތެރެއިން އަތޮޅު މަދަރުސާގެ ...

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ މި އަހަރުގެ ދެވަނަ ފިޔަވަހީގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު އަންނަ ...

ވީހާވެސް ބޮޑަށް ރޮޒެއިނާއަށް ތާއިދުކޮށް ރޮޒެއިނާއަށް ވޯޓްދެއްވާ- ހިޝާމް

އަޅުގަޑުމެންގެ މުޖުތަމައުގެ ހަމަހަމަކަމާ އަމާންކަން އަދި  އިޖްތިމާއީ ފޭރާން  ގާއިމްކުރުމަށްޓަކައި ސިޔާސީ ފިކުރުން އެއްކިބާވެގެންތިބެ ވީހާވެސް ބޮޑަށް ރޮޒެއިނާއަށް ...