މާދަމާ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ބާއްވަނީ

advertisement

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓުން ކަނޑައެޅުމަށް  އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މާދަމާ މުޅި ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. އެގޮތުން މީދޫއާއި ހުޅުދޫގައިވެސް މާދަމާ އިންތިޚާބު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިއިންތިޚާބުގައި މީދޫގައި ދިރިއުޅޭ އެމްޑީޕީ މެމްބަރުން  ވޯޓުލުމަށް ހަމަޖެހިފައި ވަނީ  ޝަމްސުއްދީން ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ .  ހުޅުދޫގައި ދިރިއުޅޭ އެމްޑީޕީގެ މެމްބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ ހުޅުދޫ ސްކޫލްގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށެވެ. މާލޭގައި ދިރިއުޅޭ ހުޅުދޫއާއި މީދޫގެ  އެމްޑީޕީގެ މެމްބަރުންވެސް ވޯޓްލުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލްގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަކަށެވެ.

މާދަމާ ( 31 ޖެނުއަރީ 2020 ވާ ހުކުރު ދުވަހު )  ބޭއްވުމަަށް ހަމަޖެހިފައިވާ މިއިންތިޚާބުގެ ވޯޓްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މެދުރުފަހުު 2:30 އިން އިރުއޮއްސި 7:30 އަށެވެ.

އެމްޑީޕީގެ އެތެރޭގެ މިއިންތިޚާބުގައި މީދޫން ދެ ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ ނާދިޔާއާއި ޝޫޒާއެވެ.  މިއިންތިޚާބުގައި ހުޅުދޫން ވާދަކުރަނީ ހުޅުދޫގެ މިހާރުގެ ކައުންސިލަރު އިބްރާހިމް ޝުކުރީއާއި ފައިޒްގެ އިތުރަށް އިބްރާހިމް އިރުޝާދު ( ކިރޭ ) އެވެ.

މާދަމާ މިބާއްވާ އެމްޑީޕީގެ  ޕްރައިމަރީގައި މީދޫ އިން ވޯޓްލެވޭ ލިސްޓްގައި   1022 މީހުން ހިމެނިފައިވާއިރު  ހުޅުދޫގެ ވޯޓްލިސްޓްގައި ހިމެނެނީ 1434   މީހުންނެވެ.

Next: ކޮރޯނާވައިރަސް އަށް ޝައްކުވެގެން ދިވެއްސަކު ކަރަންޓީނު ކޮށްފި