ރެއާލް ވަލަޑޮލިޑް މައްޗަށް ހަނި މޮޅެއް ހޯދައި ރެއާލްމެޑްރިޑް އެއްވަނައަށް

advertisement

ސްޕެނިޝް ލީގުގެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ރެއާލްމެޑްރިޑަށް ލިބިއްޖެވެ.

ރެއާލްމެޑްރިޑަށް ޕޮއިންޓް ޓޭބަލްގެ އެއްވަނަ ލިބިފައިވަނީ ރޭ ރެއާލްވަލަޑޮލިޑް އާއި ބައްދަލުކޮށް ކުޅުނުމެޗް 1 ލަނޑު 0 ލަނޑުން މޮޅުވެ 21 މެޗުން 46 ޕޮއިންޓް ލިބިގެންނެވެ. ރެއާލްއާއި އެންމެ ވާދަވެރި ބާސެލޯނާއަށް 21 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

ރެއާލްވަލަޑޮލިޑްގެ ދަނޑުގައި ރޭ ކުޅެވުނު މިމެޗްގައި ވަލަޑޮލިޑްގެ ކުޅުންތެރީންގެ ފަރާތުން ރަނގަޅު ކުޅުމެއްކުޅެ މެޑްރިޑުގެ ގޯލަށް ނުރައްކާ ކޮށްފައިވެއެވެ.  މިގޮތުން ވަލަޑޮލިޑްގެ ކުޅުންތެރީން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ރެއާލްގެ  ކީޕަރު ކޯޓުއާވަނީ ދިފާއުކޮށްފައެވެ.

ވަލަޑޮލިޑްގެ ކުޅުންތެރީންނަށް ލިބުނު ފުރުސަތުތަކުގައި ގޯލެއް ކާމިޔާބުނުކުރެވި ބޭކާރުވެގެން ގޮސްފައިވަނިކޮށް ރޭގެ މެޗްގައި ރެއާލްމެޑްރިޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 78 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ނަގައިދިން ކޯނަރެއްގައި ފޮނުވާލި ބޯޅައަކުން  ކާމިޔާބުކޮށްދިނީ ރެއާލް ފެނާންޑޭޒް އެވެ.

ރެއާލްމެޑްރިޑުން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދިތާ ދެތިން މިނިޓްފަހުން ރެއާލްވަލަޑޮލިޑްއަށް މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް ވަރަށްރަގަޅު ފުރުސަތެއް ލިބި ނާކާމިޔާބުވެގެންގޮސްފައިވެއެވެ. އަދި މީގެ އިތުރަށް  މެޗްގެ 87 ވަނަ މިނިޓުގައި ރެއާލްވަލަޑޮލިޑްއަށް ލިބުނު ކޯނަރެއްގައި އެޓީމްގެ ގާޑިއޯލާ ފޮނުވާލި ބޯޅައެއް މެޑްރިޑްގެ ގޯލަށް  ވައްދާލި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ބުނެ އެއީ ލަނޑެއްނޫންކަމަށް ނިންމާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް : މަންތަރަ އާއި ހަބޭސްގެ ކުރިމަތިލުމުން ހަބޭސް ކުރި ހޯދައިފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ޑީގައި ހިމެނޭ ޓީމްތަކުގެ ...

ގަންބުރި ކަޕްގެ ޗެމްޕިއަންކަން ކެނެލާ ހޯދައިފި

މީދޫގައި ބޭއްވި ގަންބުރި ކަޕް  ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ” ކެނެލާ ” ހޯދައިފި އެވެ. ކެނެލާ މިމުބާރާތުގެ ...

64 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ 11 މީހަކު ބަލިން ރަގަޅު ވެއްޖެ

10 ޖުލައި 2020 ވީ ހުކުރު ދުވަހު ރާއްޖެއިން ކޮވިޑަށް 64 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފި ...