ރާޅުން ކަރަންޓް އުފައްދަން ސާވޭއެއް ކުރަނީ

ރާޅުން ކަރަންޓު އުފެއްދުމަށް ރާއްޖޭގައި ހާއްސަ ސާވޭއެއް ކުރުމަށް ތައްޔާރުވެއްޖެ އެވެ

advertisement

ޓެންޑާން ކޮންސަލްޓެންސީން ނަމަކަށް ކިޔާ ރާއްޖޭގެ ކުންފުންޏަކުން ކުރިއަށް ގެންދާ މި ސާވޭގެ މައުލޫމާތި ދިނުމަށް އެ ކުންފުނިން މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާސިމް ރިޒާ ވިދާޅުވީ ކަނޑުގެ ރާޅުން ކަރަންޓު އުފެއްދުމަށް ސާވޭއެއް ހަދަން ނިންމާފައި ވަނީ އޮސްޓްރޭލިއާގެ ވޭވް ސްވެލް އެނާޖީއާ ގުޅިގެން ކަމަށާއި އެ މަސައްކަތް އަންނަ އަހަރު ޖެނުއަރީގައި ފަށާނެ ކަމަށެވެ.

“ވޭވް އެނާޖީ ޕްރޮޖެކްޓް”ގެ ނަމުގައި ހިންގާ މި ސާވޭ ކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވީ އެ ސާވޭ ކުރާނެ ވަކި އަތޮޅުތަކެއް ކަނޑައަޅާފައި ނުވާ ކަމަށާއި ނަމަވެސް އިސްކަން ދޭނީ މާލެ އަތޮޅުގެ ކަނޑުތަކާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކަށް ކަމަށެވެ. ވެ. އަދި އެ ޕްރޮޖެކްޓްގައި ބޭނުން ކުރުމަށް ނިންމާފައިވަނީ ބައިނަލްއަގުވާމީ ފެންވަރެއްގައި ބޭނުން ކުރާ ޒަމާނީ ވަސީލަތްތައް ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.

މިއީ ފީސެބަލް މަސައްކަތެއްތޯ ބަލަން ފަށާފައިވާ ކަމަށާއި އެ މަސައްކަތް ކުރެއްވިއްޖެ ނަމަ ރާއްޖޭގެ ކަރަންޓުގެ އަގު ވަރަށް ބޮޑަށް ހެޔޮ ކުރެވޭނެ ކަމަށް ރިޒާ ވިދާޅުވި އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި

ޢީދު ދުވަހު، މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީ، އިސްލާމީ ރިވެތި އަޚުލާޤުގެ ނަމޫނާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ...

ރޯދައަށް ހަނދު ބަލާއިރު ރައީސް ޔާމީން އޮންނާނީ ޖަލުގައި- ޝިފާޒު

މި އަހަރުގެ ރަމަޟާން މަހަށް ހަނދު ބަލާއިރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް އޮންނަވާނީ ޖަލުގައި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ...

އައްޑޫ ސިޓީ 14 ދުވަހަށް ފުރަބަންދުކޮށް ގެއިން ނިކުތުން މަނާކޮށްފި

އައްޑޫ ސިޓީ 14 ދުވަހަށް ފުރަބަންދު ކުރަން ނިންމައިފިއެވެ. އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިގް ވިދާޅުވީ އައްޑޫ ...