އެއްފުރާޅެއްގެ ދަށަށް ކުދީން ގެންނަނީ އުގެނުމަށް ފަހިކުރަން ؟

(18 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ލިއުމާއި ގުޅޭ )

ރިޕޯޓްކުރެވިފައިވާ މިބަހާތައް ޚުލާޞާކޮށްގެން، އަދި ރަށްފުށުގެ ސްކޫލުތަކުގެ ޚާއްޞާ ސިފަތައް ސްކޫލު މާހައުލުގެ ވެބެއްގައި އަހަރެން އަތުރާލައިފިނަމަ މި ބަހާތަކުގެ މެދުގައި ހިނގާ މުޢާމަލާތްތައް ހާމަވާނެއެވެ. ކޭ – 12 ސްކޫލެއްގައި މި ޚާއްޞަ ސިފަތައް އިތުރަށް ބޮޑުވެއެވެ. ތިމާއަކީ ސްކޫލު މުޖްތަމަޢުގެ ބައެއް ކަމުގެ އިހުސާސު، މިސާލަކަށް، އިބްތިދާއީ ކުލާސްތަކުން ފެށިގެން ހައި ސްކޫލު ދުވަސްތައް ނިމެންދެން މެދުނުކެނޑި އޮވެއެވެ. ސްކޫލުގައި ބައިވެރިވެފައި ތިބޭ ކުދީން މަދުކަމުން ހުރިހާ ކުދީންނަށް ވެސް އެތުލެޓިކުސް އާއި ހުރިހާ ވައްތަރެއްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ބޮޑަށް އޮވެއެވެ. ސްޓާފުން އުޅޭލެއް ކައިރިކަމުން ގްރޭޑްތަކުގެ ހުރިހާ ފަންތިއެއްގެ ސްޓާފުންގެ އެއްބާރުލުމާއި ކިޔަވައިދިނުމާއި ގުޅޭކަންކަން ހިއްޞާކުރުން އާންމު ކަމަކަށް ވެއެވެ. އުނގަންނައިދިނުމުގެ ޙިކުމަތުޢަމަލީތައް ބަލައިގަނެ އެކަމަށް އެކުގައި މަސައްކަތްކުރާ މީހުންގެ ސަޕޯޓްލިބެއެވެ. މިހާރު ކުދި އަދި ރަށްފުށު ސްކޫލުތަކުގައި ހުންނަ އިޖާބީ ސްކޫލު މާހައުލަކަށް މަގުފަހިކޮށްދޭ ސިފަތައް ހުރިހާ ކުދީންނަށްނަށް ހިތްވަރާއި  ސަޕޯޓާއި ތަޢްލީމުދެވިދާނެ  ވެބްއެއްގެ މަތީގައި އަތުރާލެވިދާނެއެވެ.

ކުރިން ކުރެވިފައިވާ ދިދާސާއާއި ގުޅުވައިގެން ބައިކެލް އެޓް އަލް ކުރެއްވި ދިރާސާއިން ކުރީގެ ދިރާސާއިން ހޯދުނު ހޯދުންތައް ވަނީ ސުވާލު ނުއުފެދޭވަރަށް ޔަޤީންކުރެވިފައެވެ.

ބައިކެލް އެޓް އަލް (2000)ގައި ކުރެއްވި ދިރާސާގައި ތަހުޤީޤުކުރެއްވި އަނެއް ކަމަކީ ދަރިވަރެއްގެ ބޮލަކަށް ހޭދަވާ ފައިސާގެ މިންވަރަށް ބަލާއިރު، ބޮޑެތި ސްކޫލުތައް ކުޑަ ޚަރަދަކުން ހިންގޭތީ މިހާރު މިއޮތް ވަސީލަތްތައް ދަތި ވެށީގައި އެއީ ކޮންމެހެން ގެންނަންޖެހޭ އިންތިޒާމީ އޮނިގަނޑުތަކަކަށް ވާކަމާއި މެދު ކުރެވޭ ބަހުޘެވެ.

އެހެންނަމަވެސް ލިއުންތެރިން ވިދާޅުވެފައި ވަނީ “ނުކުންނަ ނަތީޖާގެ މިންގަނޑަކީ ދަރިވަރަކަށް ހިނގާ ޚަރަދުކަމަށް ބެލުމުން މަލްޓިޕްލް ރިގްރެޝަން ތަހުލީލުން ދައްކަނީ ޢާދައިގެ ގޮތުގައި ގްރޭޑަށް- ޚާއްޞަކޮށްގެން ހިންގާ ހައިސްކޫލުތަކަށް ނިސްބަތް ކޮށް ބަލާއިރު އެއް ޔުނިޓް ސްކޫލުތަކުން އެވެރެޖްގޮތެއްގައި ދަރިވަރިކަށް ހިނގާ ޚަރަދު 1017 ޑޮލަރު ކުޑަވާކަމަށެވެ. މިއީ އެކަށީގެން ބޮޑުމިންވަރެއްގެ ފައިސާގެ ސާލަމަތްވުމެކެވެ (ޞ. 5).  މީގައި ހަވާލާދެވިފައިވާ އެއް ޔުނިޓް ސްކޫލުތަކަކީ ކޭޖީ އިން ގްރޭޑް 12 އާއި ހަމައަށް އެއް ޢިމާރާތެއްގައި ކިޔަވައިދޭ ޓެކްސަސްގެ 116 ސްކޫލެވެ.

ޚުލާޞާކުރައްވަމުން، ބައިކެލް އެޓް އަލް  ވިދާޅުވެފައިވަނީ، “މިސާލަކަށް ވަކި ފެންވަރެއްގެ ތަޢްލީމީ ނަތީޖާއަކަށް ބަލާނަމަ އެވަރުގެ ނަތީޖާއެއް ގްރޭޑްތައް ގިނައިން ހުންނަ ސްކޫލުތަކުން ކުޑަ ޚަރަދެއްގައި (ނުވަތަ އެއްވަރު ޚަރަދެއްގައ) ފޯރުކޮށް ދެވޭނެއެވެ” ( ޞ. 16).

އެއް ޢިމާރާތުގެ ކޭ- 12ގެ ސްކޫލުގައި ހުންނަ ދިރާސީގޮތުން ގަދަ އަނެއްކަމެއް ކަމަށް ދިރާސީ ލިޔުންތަކުގައި ޚިޔާލުދެވިފައިވަނީ ބަދަލުވުމެއް ނެތި ހިނގަމުން ދިއުމެވެ. އެއީ ދަރިވަރުން އެއް ސްކޫލު ވެއްޓަކުން އަނެއް ވެށްޓަކަށް ޖިސްމާނީ ގޮތުން ބަދަލުނުވެ ތިބެވޭ ކަމެވެ. މެކް އައިވަރ އަދި އެޕްސްޓެއިން (1991) ރިޕޯޓް ކުރައްވާފައިވަނީ އުތުރު އެމެރިކާގެ ގާތްގަނޑަކަށް % 75 ދަރިވަރުން އިބްތިދާއީ ސްކޫލު މާހައުލުން ޖޫނިއަރ ހައި ސްކޫލު ނުވަތަ މިޑްލް ސްކޫލަށް ބަދަލުވާކަމަށެވެ. މި ޢަމަލު ދަރިވަރުންނަށް ހާސްކަންދޭ ކަމަކަށް ވެދާނެއެވެ (ޕަގްލިން އަދި ފޭގަރ، 1997). ރެން (2003) ވިދާލުވެފައިވާ ގޮތުން  އެއް ސްކޫލުން އަނެއް ސްކޫލަކަށް ބަދަލުވުމުގެ އަގު ފާހަގަކޮށްލެވޭ ވަރުވެއެވެ. އޭނާ ބަޔާންކުރައްވައެވެ. “ގްރޭޑްތަކުގެ ދާއިރާގެ ބައްޓަން ފުޅާވާ ވަރަކަށް ދަރިވަރުންގެ ތަޢްލީމީ ކާމިޔާބީ އިތުރުވެއެވެ. ސްކޫލަކުން ޚިދުމަތްދޭ ގްރޭޑްތައް އިތުރުވާ ވަރަކަށް ތަޢްލީމީގޮތުން ލިބޭ ނަތީޖާ އިތުރުވެއެވެ. ދަރިވަރުން ސްކޫލު ގިނައިން ބަދަލުކުރާ ވަރަކަށް އެކުދީންނަށް ތަޢްލީމީ ގޮތުން ހޯދޭ ނަތީޖާ ދެރަވެއެވެ” (ޞ. 9 – 10). ސައިމަންސް އަދި ބްލައިތު (1987) ހާމަކުރައްވާ ގޮތުގައި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމުން ތަޢްލީގޮތުން ހޯދާ ނަތީޖާއާއި އަމިއްލަ ނަފުސަށް ކުރާ ގަދަރާއި ޝައުޤުވެރިކަން ދަށްވެއެވެ.

އެއް ތަނެއްގައި ހިނގާ ކޭ – 12 ސްކޫލެއްގައި ތަފާތު ޢުމުރުތަކުގެ ދަރިވަރުންނާއި އެހެން ދަރިވަރުންގެ ގުޅުން/މުޢާމަލާތު ބަދަލުކުރުން ޢާންމު ކަމަކަށް ވެއެވެ. އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމެއް ނޯވެއެވެ. ގިނަ ކޭ -12 ސްކޫލުތައް ކުޑަކަމުން ޓީޗަރުންނާއި ސްޓާފުން ޢާންމު ގޮތެއްގައި ގްރޭޑް އިން ހުރަސްކޮށް މަސައްކަތްކުރާތީ ޅައުމުރުގެ ދަރިވަރުންނަށް ފުޅާދާއިރާއެއްގެ ޓީޗަރުންފެނި ބައްދަލުވާގޮތްވެއެވެ. ކޭ -12 ސްކޫލެއްގައި ސްކޫލުގެ ޢިމާރާތް ބަދަލުކުރަން ނުޖެހޭތީ ދަރިވަރުންނަށް އެއް ދަރަޖައިން އަނެއް ދަރަޖައަށް، މިސާލަކަށް ގްރޭޑް-6 އިން 7އަށް ކުޑަ ނަޤުލުވުމަކާ އެކު ދެވެއެވެ (ޞ. 33). ދަރިވަރުން އިބްތިދާއީ ސްކޫލުން މެދުމަދަރުސީ ސްކޫލަށް، ދެން ހައި ސްކޫލަށް ބަދަލުވާ އިރު ފާހަގަކޮށްލެވޭ ވަރުގެ ދެ ނަޤުލުވުމެއް ތަޖްރިބާކުރަންޖެހެއެވެ. ރެން (Wren) 2003ގައި ނެރުއްވި ދިރާސާ ރިޕޯޓްގައި އިބްތިދާއީ ސްކޫލުތައް “ހާސްކުރުވަނިވި ކަންތައް މަދު، ކުރިއެރުން އާލާވާ  ވެށިތަކަކަށް” ވާގޮތް ހުންނަކަން ފާހަގަކުރައްވާފައި ވެއެވެ. އޭނާ މިފަދަ ބަހާތައް: އެކުގައި ކިޔަވާކުދީންނާ ގުޅުން އުފެއްދުން، އިންތިޒާމުތަކަށް ހަމަޖެހިގަތުން އަދި އައު ފިޒިކަލް ބިނާއެއް ދަސްކުރުން ލިސްޓްކުރައްވާފައި ވަނީ މެދު މަދަރުސީ ސްކޫލުގެ ޣައިރުޛާތީ އޮނިގަނޑަށް އިތުރުވާ ހާސްކުރުވަނި ކަންތަކެއްގެ ގޮތުގައެވެ. އޭނާ ބަޔާންކުރައްވާފައިވެއެވެ. ” އެހެންކަމުން، އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމުގައި އެކުލެވޭ ހާސްކުރުވަނިވި ކަންތަކުގެ ނާޒުކުކަމުން އެކަންތައް ކާމިޔާބީގެ ރޮގުން އިބްތިދާއީ ސްކޫލުން ހޯދިފައި ހުންނަ ކުރިއެރުންތައް ނިޔުޓްރަލްކޮށްލާ އަދި ކުޑަ ވެސްކޮށްލާ ކަމަށް ފެނެއެވެ” (ޞ. 10). މެކް ޑޮއުގަލް އަދި ހައިމެލް (McDougall and Hymel) 1998ގައި ނެރުއްވި ދިރާސާ ރިޕޯޓް ޚުލާޞާކުރައްވަމުން ވިދާޅުފައިވަނީ ސްކޫލު ދައުރުގެ ތެރޭގައި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމުން ކުރާ އަސަރު ފެނިފައިވާލެއް އެއް ރިޕޯޓުން އަނެއް ރިޕޯޓަށް ތަފާތެވެ. އެބޭފުޅުން ވިދާޅުވެފައި ވަނީ ބައެއް ދިރާސާތަކުން ކަނޑައެޅިގެން މަންފީ އަސަރުކުރާ ކަމަށް ފެނިފައިވާ އިރު އަނެއްބައި ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ ޢުމުރުގެ މިހިސާބުގައި ސްކުލު ބަދަލުވުމުން އިޖާބީ އަދި މަންފީ އަސަރެއް ވެސް ނުކުރާކަމަށެވެ.

ދެން މިބަލައިލަނީ އެރިކް ޑިވެލޮޕްމެންޓް ޓީމުން www.eric.ed.gov ގައި 2000ވަނަ އަހަރު ޝާއިޢުކޮށްފައިވާ ރިޕޯޓަކަށެވެ.

“ހައި ސްކޫލު ސައިޒާއި ގުޅޭ ގޮތުން ލިޔެވޭ ދިރާސާ ރިޕޯޓްތަކުގައި ލީ އާއި ސްމިތް 1996ގައި ހައި ސްކޫލު ސައިޒުގެ މައްޗަށް ކުރި ދިރާސާ އަށް ގިނައިން ހަވާލާދެވިފައި ހުރެއެވެ. އަދި އެބޭކަލުންގެ ހޯދުންތައް މެތިވް ޕްރޮޖެކްޓް ދިރާސާގެ ހޯދުންތަކާއި އެއް ގޮތެވެ. ފަޤީރުކަން އާދައިގެ ގޮތެއްގައި ތަޢްލީމީ ކާމިޔާބީއަށް މަންފީ އަސަރު ގަދައަށް ކުރެއެވެ. 301 އަށްވުރެން މަދުން ކުދީން ތިބޭ ސްކޫލުތަކުގައި އެއަސަރު ވަރަށް ބޮޑަށް ކުޑަވާކަން އެބައިމީހުންނަށް (ދިރާސާވެރިންނަށް) ފެނުނެވެ. ހައި ސްކޫލުތަކުގެ ތެރެއިން ތަޢްލީމީ ޖުމުލަ ކާމިޔާބީ (އެހެން ހުރިހާ ކަމެއް އެއްވަރަކަށް ހުރުމާއެކު) އެންމެ މަތީ 601 – 900 ދަރިވަރުން ތިބޭ ހައިސްކޫލުތަކު (ގްރޭޑް 9 – 12އަށް ކިޔަވައިދޭ )ގައި ކަން ވެސް އެބޭކަލުންނަށް ފެނުނެވެ. މެތިޔު ޕްރޮޖެކްޓްގެ ދިރާސާ ރިޕޯޓްގައި ސްކޫލުގެ އެންމެ އެދެވޭ ސައިޒާއި މެދު އޮތީ ކޮންމެވެސް ވަރަކަށް ތަފާތު ޚިޔާލެކެވެ. އޭގައި ނިންމާފައިވަނީ އެންމެ އެދެވޭ ސައިޒު ބިނާވެފައި އޮންނާނީ އެ މުޖްތަމަޢެއްގެ ފުދުންތެރިކަމުގެ ހާލަތު ހުރި ގޮތެއްގެ މައްޗަށެވެ. އެކަމުގައި ބަލަންޖެހޭ އަސާސީ އުސޫލަކީ މުޖްތަމަޢު ފަޤީރުވި ވަރަކަށް އެމުޖްތަމަޢެއްގައި ހުންނަ ސްކޫލުތަކުގެ ސައިޒު ކުޑަކުރުމެވެ.

ސްކޫލުން ހޯދޭ ކާމިޔާބީއާއި ފަޤީރުކަމާއި ދެމެދު އޮންނަ ގުޅުން ފުނޑުކޮށްލަން 1960ގެ އަހަރުތަކުގެ ފަހުބައިން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވިޔަސް ލިބިފައިވަނީ ހިތަށް ދަތިވާ ފަދަ ކުޑަ ފައިދާއެކެވެ. އެހެންނަމަވެސް މެތިއު ޕްރޮޖެކްޓްގެ ހޯދުންތަކުން ސާފުކޮށްދައްކާ ގޮތުން ސްކޫލުން ހޯދޭ ނަތީޖާއަށް ފަޤީރުކަން ކުރިމަތިކުރާ ނުރައްކާތައް ނެތިކޮށްލުމަށް ކުޑަ ސްކޫލުތައް އެހީވެދެއެވެ. ދައުލަތުގެ ޛިއްމާދާރުކުރުވުމުގެ ގިނަ ނިޒާމުތަކުން ސްކޫލުތަކުން ހޯދޭ ނަތީޖާ  މޮނިޓަރ ކުރަމުން ދިޔަ ނަމަވެސް ފަޤީރުކަން ހުންނަ މުޖްތަމަޢުތަކުގައި ތައްލީމީ ނަތީޖާ ރަނގަޅުކުރަން ކުރެވޭ މަސައްކަތަށް ސްކޫލު ބޮޑުވުމުން ހުރަސް އެޅޭ ކަން ދައުލަތުގެ ތަޢްލީމީ އޮތޯރިޓީއަކުން މިހާތަނަށް ޤަބޫލުކޮށްފައި ނެތެވެ. އެހެންނަމަވެސް ފްލޮރިޑާ ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލީހުން މިހާރުވަނީ ސްކޫލެއްގައި އެންމެ ގިނަ ވެގެން ދަރިވަރުން ބެއިތިއްބޭނެ މިންގަނޑެއް (2 އަހަރުގެ ތެރޭގައި ތަންފީޒުކުރާ ގޮތަށް) ކަނޑައަޅާފައެވެ. އަދި ކެލިފޯނިއާގައި ގޭޓުސް ފެމިލީ ފައުންޑޭޝަނުން އައު ކުދި ސްކޫލުތައް ބިނާކުރުމަށް އެތަކެއް މިލިއަން ޑޮލަރު ސްޕޮންސަރކޮށްފައިވެއެވެ. މެތިއު ޕްރޮޖެކްޓުގެ ހޯދުންތަކުގައި ވާ ގޮތުން ކުދި ސްކޫލުތައް ޤާއިމުކުރުމަށް މިކުރެވޭ މަސައްކަތްތައް ފަޤީރު މުޖްތަމަޢުތަކަށް ފޯކަސް ކުރުން މުހިންމެވެ. “ހުރިހާ ސްކޫލަކީ ކުދި ސްކޫލުތަކަށް ވާންޖެހޭ” ކަމަށް ބުނާ މީހުންގެ ހިތްތަކުގައި ހަމައެކަނި ނަތީޖާ ރަނގަޅުކުރުން ފިޔަވައި އެހެން ފައިދާތަކެއް ހޯދުމުގެ ވިސްނުން ހުރެއެވެ؛ އަދި ވަރަށް މުއްސަނދި މުޖްތަމަޢުތަމަޢުތަކުގައި ނަތީޖާ ރަނގަޅުކުރުމަށް ކުދި ސްކޫލުތައް އެޅުމަށް ކުރެވޭ މަސައްކަތުން ފައިދާއެއް ނުނެރެވޭނެއެވެ. މުއްސަނދި މުޖްތަމަޢުތަކުގައި ވެސް 1500 ނުވަތަ އެއަށް ވުރެ ގިނަ ދަރިވަރުންނަށް ޚިދުމަތްދޭ ސްކޫލުތަކުން ހޯދޭ ނަތީޖާ ބޮލަކަށް ހިނގާ ޚަރަދުގެ ނިސްބަތުން ރަނގަޅު ނުވެދާނެއެވެ. އަދި ބިޔުރޯކްރެޓިކް ހިންގުމުގެ ގޮތްތައް ތަޢްލީމާއި ރައްޓެހިގޮތްތަކަށް ނުވެއެވެ. ހެޔޮކޮށް ވެސް 1000 އަށް ވުރެ ކިޔަވާ ކުދީން ގިނަ ސްކޫލުތައް އެއްވެސް މުޖްތަމައަކަށް ރަނގަޅު ނޫންކަމަށް ގިނަބަޔަކު އިއްތިފާޤުވާކަން (cf. Fulton, 1996)  އިން ހާމަވެފައިވެއެވެ. ދިރާސާވެރިން އިއްތިފާޤުވެފައިވާ ގޮތުން ފަޤީރު މުޖްތަމަޢުތަކުގައި ސްކޫލުތައް އެޔަށް ވުރެ މާ ކުޑަވާން ޖެހޭނެއެވެ. އާންމު ގޮތެއްގައި އިބްތިދާއީ (ޕްރައިމަރީ) ސްކޫލުތައް ހައި ސްކޫލުތަކަށް ވުރެން (ގްރޭޑްތައް ހުންނަވަރު ކޮންޓްރޯލުކޮށްފައި ހުރުމާއެކު) ކުޑައެވެ. އަދި ޕްރައިވެޓް ސްކޫލުތައް ޕަބްލިކް ސްކޫލުތަކަށް ވުރެން ފާހަގަކޮށްލެވޭހާ ކުޑައެވެ.”

( ނުނިމޭ  )

Next: އައްޑޫއަށް 37 މިލިއަން ޑޮލަރުގެ ކަރަންޓްގެ މަޝްރޫއެއް