ސިޔާކަޕް 2019 : ގައުމު ޖޭއާރު 13 ލަނޑުގެ ބޮޑުތަފާތަކުން ބަލިކޮށް ފޭދޫ އެފްސީ ފައިނަލަށް

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަމެޗް ބޮޑު ތަފާތަކުން ކާމިޔާބުކޮށް ފޭދޫ އެފްސީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި  މިއަދު ހަވީރު ކުޅުނު މިމެޗް ތަޖުރިބާކާރު މޮޅު ކުޅުންތެރީން ހިމެނޭ ފޭދޫ އެފްސީ  ބޮޑުތަފާތަކުން ކާމިޔާބުކުރީ ޒުވާނުން ކުޅުންތެރީން ހިމެނޭ  ގައުމު ޖޭއާރާއި ވާދަކޮށް 13-0 އިންނެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ފޭދޫ އެފްސީން 6 ލަނޑު ކާމިޔާބުކޮށްފައިވާއިރު ފަހުހާފްގައި އެޓީމުން ކާމިޔާބުކޮށްފައިވާ 7 ލަނޑާއެކު މިމެޗް އެޓީމް ކާމިޔާބުކުރީ 13 ލަނޑު 0 ލަނޑުންނެވެ.

މި މެޗް ޝަރަފްވެރިކޮށްދެއްވާ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ އޭއޯނިއުންސްގެ ޒުވާން ޖާނަލިސްޓް ޚާލިސާއެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫ އެފްސީގެ އިއްމައެވެ.

Next: ސިޔާކަޕް 2019: މީދޫ ދަނޑުގައި މީދޫ ގައުމު އެފްސީ 5 ލަނޑު 1 ލަނޑުން ބަލިކޮށް ހިތަދޫ ކްލަބްރިވެރިން ފައިނަލަށް