ފަހުގެ ތާރީހެއްގައި ހުޅުދޫއާއި މީދޫގައި ފެންބޮޑު ނުވާވަރަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއްލިބިއްޖެ

ރެއިންފެށިގެން މެދުކެނޑުމެއް ނެތި އައްޑުއަތޮޅަށް ކުރަމުންދާ ވިއްސާރާގައި ހުޅުދޫއާއި މީދޫއަށް  ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހުޅުދޫއާއި މީދޫގެ 60  ގެއަކަށް ވަރަށް ބޮޑަށް ފެން ވަދެ ހިފާގެންގުޅޭ ތަކެއްޗާއި ފަރުރީޗަރުތަކަށްވެސް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ގޭބިސީތަކުގެ ނަރުދަމާގެ މައްސަލަ ޖެހި މަގުމަތީގައި ބަހައްޓާފައިހުރި ނަރުދަމާގެ ޖަންކުޝަންތަކުގައި ވެސް މައްސަލަޖެހުނެވެ.

ހުޅުދޫއާއި މީދުއަށް ހުއްޓުމެއްނެތި ކުރަމުންދިޔަ ވިއްސާރާގައި ގޭގެއަށް ވަދެފައިވާ ފެންހިއްކުމުގެ މަސައްކަތާއި ފެންބޮޑުވިމަގުތަކުގައި ކާނު ކޮނެގެން މޫދަށް ފެންފޮނުވާލުމުގެ މަސައްކަތް  މިއަދު ހެނދުނުން ފެށިގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ މުވައްޒަފުންނާއި ޕަބްލިކްވާކްސް ސާވިސްގެ މުވައްޒަފުންގެ އިތުރަށް ރެޑްކްރެސެންޓްގެ މުވައްޒަފުންވެސް ކުރަމުންގޮސްފައިވެއެވެ.އަދި އާދަޔާއި ޚިލާފަށް މަގުމަތަކުގައި ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތަކަށް ދިމާވި މައްސަލަވެސް ފެނަކައި މުވައްޒަފުން މަސައްކަތްކޮށްގެން މިހާރުވަނީ ހައްލުކޮށްފައެވެ.

މިއީ ފަހުގެ ތާރީހެއްގައި ހުޅުދޫއާއި މީދޫގައި މިހާ ބޮޑަށް ވާރޭވެހި ފެންބޮޑުވި ފަހަރެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫއާއި ފުވައްމުލަށް ސިޓީގައިވެސް މިސްކިތްތަކުގައި ޖަމާޢަތް ނުހެދުމަށް އަންގައިފި

މިއަދުގެ ( 18 އެޕްރީލް 2020 ވަނަ ދުވަހުގެ ) މަޣުރިބް ނަމާދުން ފެށިގެން 23 އެޕްރީލްވާ ބުރާސްފަތި ...

އާފިޔާގެ ވާހަކަތައް ބަދަލުވެ، އިބްތިހާލް މަރާލިކަމަށް ބުނީ މަޖުބޫރުވެގެން ކަމަށް ބުނެފި

މީގެ ތިން އަހަރު ކުރިން ވ. ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އިބްތިހާލްގެ މަރުގެ ޒިންމާ މީގެ ...

ޔާމީން އަތުން 5 މިލިއަން ޑޮލަރު ހޯދެން ނެތް ކަމަށް ހުކުމްކޮށްފި

މަނީ ލޯންޑްރިންގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ...