މިނިވަންކަޕް 2019 : ރިސޯޓްބޯއިސް ޗެމްޕިއަންކަން ހޯދައިފި

މިނިވަންކަޕް 2019 ފުޓްސަލް މުބާރާތުގެ ފައިނަލްމެޗްގައި 2 ލަނޑު 0 ލަނޑުގެ ލީޑެއް ތައްލިހިން ހޯދާފައިވަނިކޮށް ފަހަތުންއަރާ ރިސޯޓްބޯއިސް މެޗްގެ ނަތީޖާ އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން ތައްލިހި ބަލިކޮށް މިނިވަން ކަޕް 2019 ގެ ޗެމްޕިއަންކަން ހޯދައިފިއެވެ

ހުޅުދޫ ފުޓްސަލް ދަނޑުގައި ރޭ ތައްލިހި އާއި ރިސޯޓްބޯއިސް ބައްދަލުކުރި ފައިނަލް މެޗުގެ ފުރިހަމަ ވަގުތު  ނިމިގެންދިޔައީ 4-4 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ތައްލިހިޓީމުންވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީވެސް 2-0 ގެ ނަތީޖާއަކުން ތައްލިހި ކުރިހޯދައިގެންނެވެ. ތައްލިހިން ފުރަތަމަ ހާފްގައި ކާމިޔާބުކުރި މިދެނަޑުވެސް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަލީ ލިރުއާމްއެވެ.

މިމެޗްގެ ދެވަނަ ހާފްގެ ކުޅުންފެށިގެން 23 ވަނަ މިނިޓްގައި ރިސޯޓްބޯއިސްގެ ހަސަންޔާސިރު ރިސޯޓްބޯއިގެ ފުރަތަލަނޑު ކާމިޔާބުކޮށްދިނެވެ. އެހެން ނަމަވެސް ތައްލިހިޓީމުގެ އަލީ ލިރުއާމް 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިންލަނޑާއި 30 ވަނަ މިނިޓްގައި އެޓީމުގެލިޔާހު ކާމިޔާބުކޮށްދިން ލަނޑުން 4 ލަނޑު 1 ލަނޑުގެ ލީޑެއް ތައްލިހިން ހޯދިއެވެ.

4 ލަނޑު 1 ލަނޑުގެ ލީޑެއް ތައްލިހި ހޯދާފައިއޮތުމުންވެސް ހިތްވަރު އެލުވާ ނުލާ ކުޅެމުންދިޔަ ރިސޯޓްބޯއިސްގެ ކުޅުންތެރީން މެޗްގެ ފަހު ފަސްމިނިޓްގެ ތެރޭގައި 3 ލަނޑު ޖަހައިގެން މެޗްގެ ނަތީޖާ 4 ލަނޑު 4 ލަނޑުން އެއްރުކޮށްފައިވެއެވެ. އަދި މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީވެސް 4 ލަނޑު 4 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

4 ލަނޑު 4 ލަނޑުން ދެޓީމް އެއްވަރުވުމުން ޗެމްޕިއަން ޓީމް ކަނޑައެޅުމަށް ޕެނަލްޓީ ޖެހިޖެހުމުގައި ތައްލިހިޓީމުން އިއްމަ އަދި ރޮނާ  ޖެހި ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. އެހެންނަމަވެސް ރިސޯޓްބޯއިސް އިން އުނެއިސް ޒުބައިރުއާއި ހަސަން ޔާސިރު ޖެހި ޕެނަލްޓީ ކާމިޔާބުކޮށް  ރިސޯޓްބޯއިސް ވަނީ މިނިވަންކަޕް 2019 ގެ ޗެމްޕިއަންކަން ހޯދާފައެވެ.

ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. މިރަސްމިއްޔާތުގެ ޝަރަފްވެރިމެހުމާނަކީ އެމްޕީއެލްގެ އެމްޑީ ޝާހިދު އަލީއެވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަށް ރިސޯޓްބޯއިސްގެ ޔާސިރު ހޮވާފައިވާއިރު މިމުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރީންގެ ގޮތުގައި ހޮވާފައިވަނީ ތައްލިހިޓީމްގެ ރޮނާ ރިސޯޓްބޯއިސްގެ އަލީ ހާފިޒު ހިތަދޫ މަލްޓިޖީނިއަސްގެ ޖޯޒީ ނަމްބަރު 7 އަނިލް އިބްރާހިމް ގައުމު އެފްސީގެ އަކުރަމް އަބްދުއްރަޝީދެވެ.

މިމުބާރާތުގެ އުއްމީދީ ކުޅުންތެރިއަކަށް މަރަދޫ ޒެލޯންގެ ހަސަން އަތޫފު ހޮވާފައިވާއިރު އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވާފައިވަނީ ރެސޯޓްބޯއިސްގެ އާދަމް ނަސީރެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަނިޔާއަށް ފަހު ޔާސީން އެނބުރި ފަރިތަކުރުންތަކަށް

މީދޫގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ޔާސީންގެ ކަކުލު ހުޅަށް ލިބުނު އަނިޔާއަށް ފަހު އެނބުރި ވޮލީގެ ޓްރެއިނިންގއަށް އަތުވެއްޖެއެވެ. ...

ވާދަވެރި ކުޅުމަކާއެކު ފެނަކަ ބަލިކޮށް އެމްޓީސީސީން ސެމީފައިނަލަށް

މިހާރު ހުޅުދޫގައި ކުރިއަށްދާ ” އައްޑޫރަސްރަނި ނެޓްބޯޅަ ޗެލެންޖް” ގައި އިއްޔެ ކުޅެވުނު ދެވަނަމެޗްގައި ވާދަވެރި ކުޅުމަކާއެކު ފެނަކަ ...

ކޮޕާ ޑެލްރޭ: ރެއާލް ކަޓުވާލުމަށް ފަހު އެތްލެޓިކޯ ކުއާޓާ ފައިނަލަށް

ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ބްރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން ...