ސެމީފައިނަލްއާއި ކްއާޓާފައިނަލްގެ މެޗްތައް ކުޅެވޭނެގޮތް މިނިވަންކަޕް އޮގަނައިޒިން ކޮމެޓީން ހާމަކޮށްފި

މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ސެމީފައިނަލްއާއި ކްއާޓާފައިނަލްގެ މެޗްތައް ކުޅެވޭނެގޮތް މިނިވަންކަޕް އޮގަނައިޒިން ކޮމެޓީން ހާމަކޮށްފިއެވެ.

މިގޮތުން ކުޅެވޭ ކްއާޓާފައިނަލްމެޗްގެ ފުރަތަމަމެޗްގައި ބައްދަލުކުރާނީ ގްރޫޕްއޭގެ 2 ވަނަ ހޯދި ހިތަދޫ މަލްޓިޖީނިއަސްއާއި ގްރޫޕް ބީން ތިންވަނަ ހޯދި ހުޅުދޫ ރިއަލް އޭޓީއެވެ. މިމެޗްގެ ކުޅުން އޮންނާނީ އޯގަސްޓް 10 ވާ ހޮނިހިރު ދުވަހުގެރޭ 20:15 ގައެވެ.

ކްއާޓާފައިނަލްގެ ދެވަނަމެޗްގައި ބައްދަލުކުރާނީ ބްރޫޕް ބީން ދެވަނަ ހޯދި މިމުބާރާތުގެ މިދިޔައަހަރުގެ ޗެމްޕިއަން ތައްލިހިއާއި ގްރޫޕް އޭއިން 2 ވަނަ ހޯދި މަރަދޫ ޒެލޯންއެވެ. މަރަދޫ ޒެލޯންއަކީ މިދިޔަމަހުގެތެރޭގައި ވަގުތު އޮންލައިނުން ހިތަދޫގައި ބޭއްވި ފުޓްސަލް މުބާރާތުން ދެވަނަ ހޯދާފައިވާ ޓީމެވެ.

ޒެލޯންއާއި ތައްލިހި ބައްދަލުކުރާ ކްއާޓާފައިނަލްމެޗްގެ ކުޅުންވެސް އޮންނާނީ އޯގަސްޓް 10 ވާ ހޮނިހިރުދުވަހުގެރޭ 21:15 ގައެވެ.

މިމުބާރާތުގެ ސެމީފައިނަލްގެ މެޗްތައް ހަމަޖެހިފައިވާ ގޮތުން އޯގަސްޓް 11 ވަނަދުވަހުގެރޭ 20:15 ގައި ކުޅެވޭ ފުރަތަމަ ސެމީފައިނަލްމެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭއިން އެއްވަނަ ހޯދި ރެސޯޓްބޯއިސްއާއި ކްއާޓާފައިނަލްގެ ފުރަތަމަމެޗްގައި ހިތަދޫ މަލްޓިޖީނިއަސްއާއި ހުޅުދޫ އޭޓީ ބައްދަލުކޮށް ކުޅޭމެޗުން މޮޅުވާޓީމަކާއެވެ.

ސެމީފައިނަލްގެ ދެވަނަމެޗްގައި އޯގަސްޓް 11 ވަނަދުވަހުގެރޭ 21:15 ގައި ބައްދަލުކުރާނީ ބްރޫޕް ބީން އެއްވަނަ ހޯދި ގައުމުއެފްސީއާއި ކްއާޓާފައިނަލްގެ ދެވަނަމެޗްގައި މިމުބާރާތުގެ މިދިޔައަހަރުގެ ޗެމްޕިއަން ތައްލިހިއާއި  މަރަދޫ ޒެލޯން ބައްދަލުކޮށް ކުޅޭމެޗުން މޮޅުވާޓީމެކެވެ.

ކޮމިއުނިޓީ ވިތްއައުޓް ޑްރަގްސް” މިޝިއާރުގެ ދަށުން ކުރިއަށް ގެންދާ މިއަހަރުގެ މިނިވަންކަޕް ފުޓްސަލް  މުބާރާތުގައި ޗެމްޕިއަން ޓީމަށް 40000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖައްސާފައިވަނީ  20000 ރުފިޔާއެވެ.

މިއަހަރު ކުރިއަށް ގެންދާ މިނިވަންކަޕް ފުޓްސަލް މުބާރާތް ކުރިއަށް ގެންދަނީ މެރެތަން އިސްކޮށް ހުންނަވައިގެން ހެލްޕިންގ ސޯޝަލް ކެއާގެ ފަރާތުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމް.އީ.ސީ ބަދަހިކަޕް 2020 ގެ ނަމުގައި މީދޫގައި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ

މީދޫ ޗޭނު ޖަމްއިއްޔާއިން  އިންތިޒާމުކޮށްގެން ” އެމް.އީސީ  ބަދަހިކަޕް 2020 ” ގެ ނަމުގައި ހުޅުދޫއާއި މީދޫގެ މުވައްސަސާތަކުގެ ...

ފުޓްސަލް ދަނޑު މަރާމާތުކުރުމާބެހޭ ގޮތުންނާއި ޓާފް ދަނޑު އެޅުމާ ބެހޭގޮތުން މީދޫގެ ޒުވާނުން ކައުންސިލަރާއި ބައްދަލުކުރައްވައިފި

މީދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމާއިބެހޭ ގޮތުންނާއި މީދޫގައި އަލަށް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ޓާފް ދަނޑު އެޅުމާބެހޭގޮތުން ރަށުގެ ...

މާލީ ގަވައިދުތަކާ ހިލާފުވި މައްސަލަތަކަކާއެކު ސިޓީއަށް ބިރެއް

މެންޗެސްޓަރ ސިޓީން ގިނަ އަހަރުތަކެއް ވަންދެން އިނގިރޭސި ޕްރިމިއާ ލީގާއި ފައިނޭންޝަލް ފެއާ ޕްލޭ (އެފްއޭއެފްޕީ)ގެ ގަވައިދުތަކާ ހިލާފަށް ...