ގްރޫޕްއޭއިން ކްއާޓާފައިނަލަށް މަލްޓިޖީނިއަސްއާއި ޒެލޯން

މިނިވަންކަޕްގެ ކްއާޓާފައިނަލުގެ ޖާގައެއް ހިތަދޫ މަލްޓިޖީނިއަސް ހޯދައިފިއެވެ.

މަލްޓިޖީނިއަސް ކްއާޓާފައިނަލުން ޖާގަހޯދާފައިވަނީ ބުރާސްފަތިދުވަހުގެރޭ ކުޅެވުނު މިނިވަންކަޕް ފުޓްސަލް މުބާރާތް 2019 ގެ ގްރޫޕް އޭގެ އެންމެ ފަހުމެޗްގައި އެމްއެންޑީއެފްއާއި  ބައްދަލުކޮށް ކުޅުނުމެޗް 10 ލަނޑު 4 ލަނޑުގެ ބޮޑުތަފާތަކުން މޮޅުވެގެންނެވެ.

މިމެޗުން މަލްޓިޖީނިއަސް މޮޅުވުމުން 4 މެޗު ކުޅެގެން  6 ޕޮއިންޓް ލިބި ގްރޫޕް އޭގެ ދެވަނަ ޓީމެއްގެ ގޮތުގައި އެޓީމް ކްއާޓާފައިނަލަށްވަނީ ހޮވިފައެވެ. މިގްރޫޕުން 3 ވަނަ ޓީމެއްގެ ގޮތުގައި  ކްއާޓާފައިނަލަށް ހޮވިފައިވަނީ މަރަދޫ ޒެލޯންއެވެ.

މިގްރޫޕްގައި ކުޅެވުނު ހުރިހާމެޗަކުން މޮޅުވެ 12 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ 1 ވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވުނީ ރިސޯޓްބޯއިސްއެވެ.

ބުރާސްފަތި ދުވަހުގެރޭ މަލްޓިޖީނިއަސްއާއި އެމްއެންޑީއެފް ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމެޗްގައި ތަފާތު މޮޅުކުޅުމެއް ދެއްކި މަލްޓީޖީނިއަސްގެ އަނިލް އިބްރާހިމްއެވެ.

މޮޅުކުޅުންތެރިޔާގެ މަގާމްހޯދި މަލްޓީޖީނިއަސްގެ އަނިލް އިބްރާހިމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަހަތުން އަރާ ހިތަދޫ ސްކޫލްގެ މައްޗަށް އިރުޝާދިއްޔާ ކާމިޔާބު ހޯދައިފި

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިރުދިއްޔާ ސްކޫލްގެ 16 އަހަރުން ދަށުގެ ...

ނަބާހާ އާއި ޒަޔާންގެ ޕެއާ އަށް ރަން މެޑަލް!

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން  ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ...

މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންގެ މަގާމްގައި ފާއިތުވި ތިންއަހަރު ހުރި އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާ އަތުން ކެޕްޓަން ބޭންޑް ...