ގައުމުން މިދިޔައަހަރުގެ ޗެމްޕިއަން ވަރުގަދަ ތައްލިހި މޮޅުވިޔަނުދީ ހިފަހައްޓައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ތައްލިހި އެފްސީ މޮޅުވިޔަނުދީ  ގައުމު އެފްސީ ޓީމުން ތައްލިހި ،ހިފަހައްޓާލައިފި އެވެ.

މިނިވަންކަޕް 2019 ފުޓްސަލް މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ކުޅެވުނު ފޯރިގަދަ މިމެޗުން ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ދެޓީމްގެ ގިނައަދަދެއްގެ ސަޕޯޓަރުންގެ ސަޕޯޓުން ދަނޑުގެ ސަރަހައްދު ގުގުމާލާފައިއޮތް މިމެޗްގައި ދެޓީމްގެ ކުޅުންތެރީންގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ވާދަވެރި ކުޅުމެކެވެ. އެކަމަކު މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ގައުމު އެފްސީންނެވެ. ގައުމު އެފްސީން ކާމިޔާބުކުރި މިލަނޑު 4 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހަސަން ސަމަދެވެ. އެހެންނަމަވެސް 12 ވަނަ މިނިޓްގައި ތައްލިހިޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިރުއާމްއެވެ.

1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެން ފުރަތަމަ ހާފް ނިމިގެންގޮސްފައިވާއިރު ގައުމުއެފްސީ ޓީމުން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކެއް ތައްލިހިޓީމްގެ ކީޕަރު ބޮޑީވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗްގެ ދެވަނަ ހާފްގެ ކުޅުމުގައިވެސް ތައްލިހިޓީމަށްވުރެ ރަގަޅަށް ކުޅެ ލަނޑުޖަހާނެ ގިނަ ފުރުސަތުތައް ލިބިގެންގޮސްފައިވަނީ ގައުމު އެފްސީއަށެވެ. އެކަމަކު ދެވަނަ ހާފްގެ  27 ވަނަ މިނިޓްގައި  ތައްލިހިޓީމުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް  މެޗްގެ ލީޑު ހޯދިއެވެ. މިލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ލިރުއާމްއެވެ.

ސަޕޯޓަރުންގެ އަޑުން ގުގުމާލާފައި އޮތް މި މެޗުގައި ގައުމު އެފްސީ ޓީމުން އެޓީމުގެ 2 ވަނަ ލަނޑުޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ 36 ވަނަ މިނިޓްގައި ހަސަން ސަމަދު ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗްގައި ތަފާތު މޮޅުކުޅުމެއްކުޅުނު  ގައުމު އެފްސީގެ ހަސަން ސަމަދެވެ.

advertisement

މިމެޗްގައި ވާދަކުރި ތައްލިހިޓީމަކީ މިދިޔައަހަރު ބޭއްވުނު މިމުބާރާތުގެ ޗެމްޕއަންޓީމަށްވެފައި އެޓީމުގައި ހިމެނޭ ކުޅުންތެރީންގެ ތެރެއިން އަލީ ޝިފާއު އާއި ޝަމްހާދު ސައީދަކީ މިދިޔައަހަރު ބޭއްވުނު މިމުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރީންގެ ތެރޭގައި ހިމެނިފައިވާ ކުޅުންތެރީންނެވެ. މީގެ ތެރެއިން ޝަމްހާދު ސައީދުއަށްވަނީ މިދިޔައަހަރުގެ މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ލިބިފައެވެ.   އަދި އެޓީމު ގޯލްކީޕަރު ހުސެއިން ޝަހްޒާން(ބޮޑީ) އަކީ މިދިޔައަހަރު ބޭއްވުނު މިމުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ހޮވުނު ކުޅުންތެރިޔާއެވެ.

ގައުމއެފްސީއަށް ބަލާއިރު ގައުމު އެފްސީވަނީ މިދިޔަ އަހަރު ބޭއްވުނު މިމުބާރާތުގެ ސެމީފައިނަލްގައި ވާދަކޮށްފައެވެ. އަދި އެޓީމުގެ ޝައްފާން(ޝާކާ) މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރީންގެ ތެރޭގައި ހިމެނުނެވެ. އެހެން ނަމަވެސް ގައުމު އެފްސީގެ މިފަހަރުގެ ޓީމްގައި ޝާކާ ހިމެނިފައެއްނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަސޭހަކަމާއެކު މީދޫ ބަލިކޮށް ހިތަދޫއިން ފައިނަލްގެ އުއްމީދު އާކޮށްފި

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު  ހިތަދޫއާއި އާއި މީދޫ ...

ފަހަތުން އަރާ ބެލްޖިއަމް ބަލިކޮށް ފްރާންސް ފައިނަލަށް

ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ 3 – 2 ން ބެލްޖިއަމް ބަލިކޮށް އެންމެފަހުގެ ދުނިޔޭގެ ...

ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނެސްފި

ފީފާ ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނެސްފިއެވެ. ފީފާ ވަރލްޑްކަޕް ޓްރޮފީ ޓުއަރގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ޓްރޮފީއާއެކު ޓުއަރއަށް ...