” ވިހަ ދޫތަކުން ” އަޅަމެން އެންމެން ރައްކާތެރި ކޮށްދެއްވާށި

މާތްﷲގެ ޙަޒުރަތުން އެ ކުށަކަށް މަޢާފް ނުލިބޭ ހަމައެކަނި ކުށަކީ އެކަލާންގެއާއި ޝަރީކު ކުޅައުމެވެ. ދެން ޖެހިގެން އަންނަނީ ދެބައެޑުވުމެވެ. ނުވަތަ ދޭތެރެ ޖައްސައި އެހެން މީހުންގެ ނަފްސުލް ޒީނަތް ނަގާލުމެވެ. މިކުށަށް ތަޢުބާވެ މާތްﷲގެ ހަޒުރަތުގައި މަޢާފަށް އެދުނަސް އަދި އެކުށަށް އެކަލާންގެ މަޢާފް ނުދެއްވައެވެ. އެހެނީ އެއީ އެހެންމީހެއްގެ ހައްޤަކަށް އަރައިގަތުމުން އެމީހާގެ ހިތް ހަލާލް މިކަމުގައި ބޭނުންވާތީވެއެވެ.

advertisement

ކޮންމެއަކަސް ދޮގުމައުލޫމާތު ފަތުރައިގެން ދޭތެރެޖެއްސުން ވަނީ އަޅުގަނޑުމެން ތަބާވާ މާތް އިސްލާމްދީނުގައިވެސް ނަހީކުރެއްވި އެންމެ ބޮޑެތި ކަންތަކުގެ ލިސްޓުގައި ހިމެނިފައެވެ. އެހެންނަމަވެސް އަޅުގަޑުމެންގެ ތެރޭގައި ޒިންމާދާރު ބައެއް މަގާމްތަކުގައި އުޅުއްވާ ފުންނާބު އުސް ބައެއް ބޭފުޅުން އެމީހުން އެމީހަކާއިމެދު ހިތްހަމަ ނުޖެހޭ މީހުންނާއިބެހޭގޮތުން ސޯޝަލް މީޑިއާގައި  ދޮގު މައުލޫމާތު ފަތުރާ ދޭތެރެ ޖައްސައި އެމީހުންގެ މުޅިދިރިއުޅުން ހަލާކުކޮށްލުމަށްދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ތެރޭގައިވެސް  މިހާރަކަށް އައިސް ދޮގުވާހަކަ ހަދައިގެން ދެއްކުމާއި އަނެކާގެ އަބުރާއި ޝަރަފު ނަގާލުން މިވަނި އާއްމު ކަމަކަށް ވެފައެވެ. ހިތާމައަކީ މިކަމުގެ އެންމެ ކުރީ ސަފުގައި ޝާމިލްވެގެން  އުޅުއްވާ ބޭފުޅުންނަކީ އެހެނިހެން މީހުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާދާރު މަގާމްތަކާއި  ހަވާލްވެ ލައްވައިގެން އުޅުއްވާ ޒިންމާދާރު ބޭބޭފުޅުންނަށްވުމެވެ.

ކަމުގެ ދޮކޮޅު ބެލުމެއްނެތި އަދި ކަމުގެ ޙަޤީގަތަކީ ކޮބައިތޯ ބެލުމެއްނެތި ތިމާމެންގެ މުސްލިމް އަހާއާއި މެދު އެހެންމީހުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާ މިފަދަ ބޭފުޅުންނަށް  ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ މި އަގުމާތްވި އިރުޝާދުގެ ބަސްފުޅު ނޭނގެނީ ބާވައޭ ވެސް ހިތައް އަރައެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައި ވެއެވެ. (إن العبد ليتكلم بالكلمة ما يتبين فيها يزل بها إلى النار أبعد ما بين المشرق والمغرب)  މާނައަކީ: “އަޅާ ތެދު ދޮގު ބެލުމެއްނެތި ވާހަކަ ދެއްކުމުގެ ސަބަބުން ނަރަކައަށް ވައްޓައިލެވެއެވެ. “

ތެދު ދޮގު ބެލުމެއްނެތި ވާހަކަ ދެއްކުމަކީ ކޮންފަދަ ނުރައްކާތެރި ނުބައި ކަމެއްތޯއެވެ. މުޖުތަމަޢުގައި ތިމާމެންގެ މުސްލިމް އަހާގެ ނެތި ނުބައިވާހަކަ ދައްކާ  ދޭތެރެޖެއްސުމަށް މަސައްކަތް ކުރައްވާ ފަރާތަކަށް ހުރި ނުރައްކާތެރިކަން އަންގަވާ މާތްﷲ ސުބުޙަނަޙު ވަތަޢާލާ ވަހީކުރައްވާފައިއެވެ. يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ تَوَّابٌ رَّحِيمٌ ﴿١٢﴾

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.

މީސްތަކުންގެ ޢަބުރަށް އަރައިގަނެ މުޖުތަމަޢު ބައިބައިކޮށް ތެދު ދޮގު ނުބަލާ ވާހަކަ ދައްކާ ފަރާތްތަކަށް ހެޔޮވިސްނުން ދެއްވަވާ އެފަދަ ފަރާތްތަކުގެ ” ވިހަ ދޫތަކުން ” އަޅަމެން އެންމެން ރައްކާތެރި ކޮށްދެއްވާށިއެވެ. އާމީން !

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަމާދު ކުރުމާއި، ތައުބާ ވުމާއި، ޒިކުރު ކުރުމުގެ ތެރޭގައި ހޭދަ ކުރާ މައްސަރަކަށް ރޯދަ މަސް ހަދަމާ ހިންގަވާށެވެ.

ރަމަޟާން މަހަކީ ކޮންމެ އަހަރަކު އަޅުގަނޑުމެންނާ ބައްދަލު ކުރާ އުފާވެރި ފުއްސެވުމާއި ދިންނެވުމުގެ މައްސަރެކެވެ. އުފާވެރި މައްސަރަކަށް ވަނީ ...

މިސްކިތްތަކުން ގޮވާލީ ގޭގައި ނަމާދުކުރުމަށް، ކުރެވެނީ ހިތްދަތި އަސަރުތަކެއް!

ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ސަރުކާރުން މަނާކޮށްފައި ވާތީ މީދޫ މިސްކިތްތަކުގައިވެސް މިއަދު ހުކުރު ނަމާދެއް ...

ޔޯގާއަކީ ހަމަ އެންމެ ރަނގަޅުކަމެއް- މައުމޫނު

ޔޯގާއަކީ ހަރާން އެއްޗެއް ނޫންކަމަށް ތަކުރާރުކޮށް މައުމޫން އަނެއްކާވެސް ވިދާޅުވެއްޖެއެވެ. ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ...