ޕެސްޓްސައިޑް (ފަނިމަރާ ބޭސް) އަކީ އިންސާނުންނަށް ސިއްޙީގޮތުން ގެއްލުންތަކެއް އެކުލެވޭ އެއްޗެއް

މީދޫގައި ދަނޑުވެރިކަން ކުރަންފެށިފަހުން މިހާރު އަހަރުތަކެއް ވެދާނެއެވެ. ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިން ދިރިއުޅުން ކުރިޔަށްގެންދާ ބައެއް ބޭފުޅުން އުޅޭއިރު، ލިބޭ ހުސްވަގުތުގައި އިތުރު އާމްދަނީއެއް ހޯދުމުގެ ގޮތުން މަސައްކަތްކުރާ ބޭފުޅުންވެސް އެބައުޅެއެވެ. ހަޤީގަތުގައި މިއީ އަޅުގަޑުމެން ވަރަށް އުފާކުރަންޖެހޭ ކަމެކެވެ. އިޤްތިޞާދީގޮތުން ބަލާއިރު، މިކަމަކީ ރަށަށް އެތައް ފައިދާތަކެއް ލިބިގެންދާނޭ ކަމެކެވެ.

މިހާރު ދަނޑުވެރިކަން ކުރާގޮތައް ބަލާލާއިރު، މީހުން ދިރިއުޅޭ ގެތަކާއި ކައިރީގައި ދަނޑުވެރިކަންކުރާމީހުންނާއި ގެތަކާއި ދުރު ހިސާބުގައި ދަނޑުވެރިކަންކުރާ ދަނޑުވެރިން އެބައުޅެއެވެ. މީގެތެރޭގައި މީހުން ދިރިއުޅޭ ގެތަކާއި ކައިރީގައި ދަނޑުވެރިކަން ކުރާ ދަނޑުވެރިން ވިސްނަންޖޭހޭ ބައެއްކަންކަން އެބަހުއްޓެވެ. ދަނޑުވެރިކަމުގައި ފަނިމަރަން ނޫނީ ތަފާތު ބަލިތަކުން ސަލާމަތްވުމަށް ބޭނުންކުރާ ޕެސްޓްސައިޑް (ފަނިމަރާ ބޭސް) އަކީ އިންސާނުންނަށް ސިއްޙީގޮތުން ގެއްލުންތަކެއް އެކުލެވޭ އެއްޗެކެވެ.

ދަނޑުވެރިކަމުގައި ދިވެހިންގެ ތެރޭގައި ފަނި ނޫނީ ތަފާތު ބަލިތަކަށް އެންމެ އާމުކޮށް ބޭނުންކުރާ އެއްބޭހަކީ ރިހާކުރުބޭހެވެ. ބުރޭންޑުނަމުންނަމަ “އެބަރމެކްޓިން” ނެވެ. ޓޮކްސް ނެޓް ބެސައިޓްގައިވާގޮތުން އެބަމިކްޓިން އިންސާނުންގެ ހަށިގަނޑަށް އެތެރެވަނީ ބޭސްޖައިފައިވާ ހިސާބެއްގައި އެތެރެއަށް ނޭވާލުމުންނެވެ. ނޫނީ ބޭސްޖެހުމަށްފަހު ފުރިހަމަކުރަންޖެހޭ މުއްދަތު ހަމަނުކޮށް ދަނޑުތަކުގައި ހައްދާތަކެތި ކެއުމުގެ ސަބަބުންނެވެ. ތަފާތު ވައްތަރުގެ ޕެސްޓްސައިޑް ބޭނުންކުރުމުން ޖުމްލަކޮށް ދިމާވާ މައްސަލަ ތަކުގެ ތެރޭގައި  ހަމުގެ މައްސަލަތައް، ނޭވާލަ ނިޒާމަށް ދިމާވާ މައްސަލަތައް، ލޮލަށް ދިމާވާ ގެއްލުން، އަދި ދިގުމުއްދަތެއްގައި އަސަރުކުރާނަމަ ދަރިމައިވުމަށް ކުރާ އަސަރު، އަދި މިނޫންނަސް ވަރަށް ގިނަ ނުރަގަޅު އަސަރުތައް ހިމެނެއެވެ.

އަޅުގަޑުމެންގެ ތެރޭގައި ކުރާ ދަނޑުވެރިކަމުގެ އުސޫލަށް ބަލާއިރު ރަށުތެރޭގައި މީހުން ދިރިއުޅޭ ގޯތިތަކުގެ ތެރޭގައި ބައެއް ފަރާތްތަކުން ހައްދާ ގަސްތަކަށްވެސް ދަނޑުތަކަށް ޖަހާބޭސް ޖަހަމުންދާތީ އޭގެ ސަބަބުން އަޅުގަނޑުމެން ނޭވާ އެތެރެއަށް ދަމާލާ ކޮންމެފަހަރަކު ހަށިގަނޑުތެރެއަށް ވަދެގެންދަނީ، ވިހަ ބޭސްތަކުގެ އަސަރެވެ. މިއީ ވިސްނާލަންޖެހޭ މުހިއްމު ކަމެއްކަމުގައި ދެކެވެ.

އަދި ހަމަފާހަގަކޮށްލަންޖެހޭކަމަކީ އަޅުގަޑުމެންގެ ތެރޭގައި ކުރަމުންދާ ދަނޑުވެރިކަމުގައި ގިނައިންމިފެނަނީ ބަގްލަދޭޝް މީހުންނެވެ. ހަޤީގަތުގައި އެމީހުންނަކީ މާދަމާވެސް ރަށް ދޫކޮށް އެމީހުންގެ ވަޒަނަށްދާންތިބި ބައެކެވެ. މީގެން ކުރާނޭ ހުރިހާވެސް ނުރަގަޅު އަސަރެއް ތަހައްމަލްކުރަންތިބީ އަޅުގަނޑު މީދޫގެ ރައްޔިތުން ނޫންތޯ؟ މިގޮތައް ރަށުތެރެއަށް ޕެސްޓްސައިޑް ސްޕްރޭކުރުމުން، އޭގެ ނޭދެވޭ އަސަރު ވަގުތުން ނުފެނުނަސް ދިގުމުއްދަތަކަށް އޭގެ އަސަރު ކުރާނެކަން ޔަޤީނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 45 މީހަކު ޕޮޒިޓިވްވެއްޖެ

އިތުރު 45 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި މި ބަލިޖެހުނު މީހުންގެ އަދަދު 835 އަށްއަރައިފިއެވެ. އެޗްޕީއޭއިން ...

ވަރލްޑްކަޕް ޓްރޮފީއާއެކު ރައީސް ޔާމީން ތާރީޚުގެ ތެރެއަށް!

ފީފާ ވަރލްޑްކަޕް ޓްރޮފީ އުފުލާލި ފުރަތަމަ ދިވެއްސެއްގެ ގޮތުގައި ރައީސް ޔާމީން ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ. އެމަނިކުފާނު ފީފާ ...

ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫން: ނަޝީދު

ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ނަގާ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫން ...