މީދޫގެއަކުން ވައްކަންކޮށްގެން މީދޫ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މީދޫގެއަކުން މިދިޔަ މާރޗްމަހުގެ ތެރޭގައި ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުން  މީދޫ  ގެއަކުން ވައްކަން ކޮށްފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައާ ގުޅިގެން އެ މައްސަލަ ބެލުމަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރެވުނު މަސައްކަތުން  މިމަހުގެ 17 ވަނަ ދުވަހުގެ 11:55 ހާއިރު 31 އަހަރުގެ މީދޫ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީދޫ ގެއަކުން ވަގަށް ނެގިގަހަނާ: މިތަކެތި ހުޅުދޫގައި ދިރިއުޅޭ ބަނގުލާދޭޝް މީހަކަށް ވިއްކާފައިވަނިކޮށް ފުލުހުން މިހާރުވަނީ ހޯދާފައި

މައުލޫމާތު ލިބިފައިވާގޮތުގައި މީދޫގެއަކުން އެމީހާ ވަގަށް ނަގާފައިވާ 11000 ރުފިޔާ ފިޔަވާ އެހެނިހެން  ތަކެތި ހުޅުމީދޫ ގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން ވަނީ ހޯދާފައެވެ.
އެމީހާ އެގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އެއް ރަން ފަށާއި ދެ ފައިގާ އަޅާ ރަން ކެވެލި ކޮޅާއި އަތުގައި އަޅާ ރަން ކެވެލިކޮޅެއްގެ އިތުރުން އެއް ރަން ފަށުފޫ އަދި ދެ އަނގޮއްޓީ ހިމެނޭ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީދޫގެއަކުން ވައްކަންކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަންތަރަ ޖޫނިއާސް ބަލިކޮށް ސީ ގްރޫޕް އެއްވަނަ ޓީމްގެ ގޮތުގައި ސަންއޮފްލޮންސް ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފި

މަންތަރަ ޖޫނިއާސް ބަލިކޮޑް ގްރޫޕް ސީގެ އެއްވަނަ ޓީމްގެ ގޮތުގައި ސަން އޮފް ލޮންސް ކްއާޓާފައިނަލުން ޖާގަ ހޯދައިފިއެވެ. ...

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ...

މާލެ ސަރަހައްދުގައި ރޭގަނޑު 20:00އިން ފަތިހު 5:00އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

މާދަމާ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް އެއްގަމު އުޅަނދުފަހަރު ...