އައްޑޫ ޤުރުއާން މުބާރާތުގެ އެއްވަނަ އަތޮޅުމަދަރުސާގެ ދަރިވަރު ޢާއިޝަތު ލީޝް ހަމީދު ހޯދައިފި

އައްޑޫސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ބޭއްވެވި ޤުރުއާން މުބާރާތުގެ އެއްވަނަ ސ.އަތޮޅު މަދުރަސާގެ ދަރިވަރު، ( ސ.މީދޫ ސީޝެލް )  ޢާއިޝަތު ލީޝް ހަމީދު ހޯދައިފިއެވެ.

މިމަހުގެ 7 ވަނަ ދުވަހުން 11 ވަނަ ދުވަހާ ހަމައަށް ކުރިއަށްދިޔަ މިމުބާރާތުގައި އައްޑޫސިޓީގެ 15 ސްކޫލަކުން 279 ދަރިވަރުން ވާދަކޮށް އެކި އުމުރުފުރާތަކުން މުޅިއެކު 91 ކުދިން ވަނީ ވަނަތައް ހޯދައިފައެވެ.

ސިޓީ ފެންވަރުގައި ކައުންސިލުން ބޭއްވެވި މިމުބާރާތުގެ ދެވަނަ ހޯދާފައިވަނީ އައްޑޫހައިސްކޫލުގެ ދަރިވަރު މުރުޝިދުލް އަމީން އެވެ. އަދި މުބާރާތުގެ ތިން ވަނަ އަށް ހޮވުނު ދަރިވަރަކީ ހިތަދޫ ސްކޫލުގެ ދަރިވަރު އަޙްމަދު ދާނިޝް ޖިހާދެވެ. މުބާރާތުގައި ބައިވެރިވި 15 ސްކޫލުގެ ތެރެއިން އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ ހިރާ ސްކޫލެވެ. ދެވަނަ ހޯދާފައިވަނީ ސ.އަތޮޅު މަދުރަސާއެވެ.

މިމުބާރާތަކީ ދަރިވަރުންގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ހަމަތަކާއެކު ރީއްޗަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ކައުންސިލުން ރާވައި އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ ގޮތަށް ކުރިއަށް ގެންދާ ސިލްސިލާ މުބާރާތެކެވެ. މިއީ އެގޮތުން މިމުބާރާތް ބޭއްވި ދެވަނަ ފަހަރެވެ.

މިފަހަރުގެ މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރީ އަޙްމަދު ތައުފީޤުއާއި، އަލްޤާރީ އިބްރާހިމް ޒުހައިރު އަދި އަލްޤާރީ އިބްރާހިމް ޝިފާއުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 26 މީހުން ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 26 މީހުން ޕޮޒިޓިވްވެއްޖެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ...

ގައުމު ސްޓްރީޓް ކަޕް 2020: ދެވަނަ ދުވަހުގެރޭގެ މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ ދެވަނަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ނަތީޖާ: އެފްއާރުޓީއާއި ...

އަޅުގަޑުގެ ކެތްތެރިކަންވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް- ރައީސް ނަޝީދު

ކޮވިޑް 19 އާއިގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާއިރު މާލޭގައި ތާށިވެފައިތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުންދާތީ އެކަމާ ކެތްތެރިކަން ކޮޅުންލާ ...