ކޮޕާއެމެރިކާ 2019– ސުއަރޭޒްގެ ޕެނަލްޓީ ނާކާމިޔާބުވެ، އުރުގުއޭ ކަޓައިފި

ސުއަރޭޒްގެ ޕެނަލްޓީ ނާކާމިޔާބުވުމުން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ އުރުގޭ މުބާރާތުން ކަޓައިފިއެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކްއާޓާފައިނަލުގެ ފަހުމެޗްގައި ރޭ އުރުގުއާއީ އަދި ޕެރޫ ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވުމުން އުރުގުއޭ މުބާރާތުން ކަޓާފައިވަނީ ޕެނަލްޓީ ޖަހައިގެން ދެރަވެގެންނެވެ.

ޕެނަލްޓީ ޖެހިޖެހުމުގައި  ފުރަތަމަ ޕެނަލްޓީ އުރުގުއާއީއަށް ނާކާމިޔާބުވިއިރު މިޕެނަލްޓީ ޖަހާފައިވަނީ ސުއަރޭޒްއެވެ. ސުއަރޭޒްގެ މިޕެނަލްޓީވަނީ ޕެރޫގެ ކީޕަރު ގަލެސޭވަނީ  ދިފާޢުކޮށްފައެވެ.

މި ޕެނަލްޓީއަށްފަހު ދެޓީމުންވެސް ޖެހި އެހެން ހުރިހާ ޕެނަލްޓީ ތަކެއްވެސްވަނީ ކާމިޔާބުވެފައެވެ. ޕެނަލްޓީ ޝޫޓްއައުޓަށްފަހު ޕެރޫއިން ރޭގެ މެޗު ކާމިޔާބުކޮށްފައިވަނީ 4-5 ލަނޑުގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުން ޕެނަލްޓީޖަހައިގެން ޕެރޫ މޮޅުވިކަމުގައިވިޔަސް ރޭގެ މުޅި މެޗުގައި އުރުގުއާއީ ގޯލާ އަމާޒުކޮށް އެންމެ ޙަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

އަދި މީގެ އިތުރަށް ރޭގެ މެޗުގެ ކުޅުމުގެ ތެރޭގައި އުރުގުއޭއިން ތިން ލަނޑުޖެހިއެވެ. އެހެން ނަމަވެސް މެޗު އޮފިޝަލުންވަނީ އެތިން ލަނޑުވެސް އޮފްސައިޑްކަމަށް ނިންމާފައެވެ. އަދި މީގެ އިތުރަށްވެސް ލަނޑުޖަހައި ލީޑު ނަގާނެ ގިނަ ފުރުޞަތުތަކެއް ރޭގެމެޗުގައި އުރުގުއޭގެ ކުޅުންތެރީންނަށް ލިބިގެން ގޮސްފައެވެ. އެހެންނަމަވެސް މިއިން އެއްވެސް ފުރުޞަތެއްގެ ބޭނުން އުރުގުއޭގެ ކުޅުންތެރީންނަށް ނުހިފުނެވެ. ރޭގެ މެޗްގައި އުރުގުއޭއަށް ލަނޑު ޖަހަން އެންމެ ހުސް ފުރުޞަތެއް ލިބިގެން ގޮސްފައިވަނީ ކަވާނީއަށެވެ. ގޯލް ކުރިމަތިން ކަވާނީއަށް ލިބުނު ބޯޅަ ކަވާނީ ފޮނުވާލީ ގޯލް ދަނޑިމަތިން ބޭރަށެވެ.

މެޗަށްއައީ މޮޅުވުމަށް ވިސްނައިގެން ކަމަށާއި އެހެންނަމަވެސް އެކަން ކާމިޔާބުނުވިއިރު، މިކަމުގައި ދައްކާނެ އިތުރު ބަހަނާއެއް ނެތްކަމަށާ  މިއީ ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެއްކަމަށް އުރުއޭގެ ކޯޗްޓަބަރޭޒް ބުންޏެވެ.

ސެމީ ފައިނަލްގައި ޕެރޫއިން ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީއާއެވެ

Next: ޑަބްލިއު.ޑީސީ ގެ މެމްބަރުން މީދުއަށް ކުރެއްވި ދަތުރުގެ ތެރެއިން