ދެބެއިން ސީ ލައިސަންސް ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފި

advertisement

މީދޫގެ ދެފަރާތަކުން ފުރަތަމަ ފަހަރަށް ފުޓްބޯޅަ ކޯޗިންގެ ސީލައިސަން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފިއެވެ.

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗިންގެ ދާއިރާގައި މަސައްކަތް ކުރަމުންދާ 20 ފަރާތެއް ބައިވެރިކޮށްގެން  އެފްއޭއެމްއިން އައްޑޫސިޓީގެ ހިތަދޫގައި ބޭއްވި މިކޯހުން  13 ބައިވެރިއަކު ފާސްވެ ސެޓްފިކެޓް ހާސިލްކޮށްފައިވާއިރު މިކޯހުގައި ބައިވެރިވެ ކޯސްފުރިހަމަކޮށް ސެޓްފިކްޓެ ހާސިލްކޮށްފައިވާ މީދޫގެ ދެފަރާތަކީ މީދޫ ހުވަދުމާވާދީ އަހުމަދު ރަޝީދާއި ހަމައެގޭ ހުސެން ރަޝީދެވެ.

މީގެ ތެރެއިން އަހުމަދު ރަޝީދަކީ މިހާރުވެސް ފުޓްބޯޅަ ކުޅުންތެރީން ތަމްރީނު ކުރުމަށް ” އީޓީއެފް “ގެ ނަމުގައި މީދޫގައި ހިންގަމުންދާ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކުދީންނަށް ކޯޗުކޮށްދެއްމުންދާ ފަރާތެކެވެ.  އަދި މީގެ އިތުރަށް ހުސެން ރަޝީދަކީ މީދޫގެ ފުޓްބޯޅަ ކުޅުންތެރީންގެ ތެރެއިން ފާހަގަކޮށްލެވޭ މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ.

Next: މީދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލްކޮށްފި