ޕޮލިސްކަޕް 2019 : ސެމީފައިނަލްގެ މެޗްތައް މިރޭ ކުޅެވޭނެ

ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫ ޕޮލިސްއިން އިންތިޒާމްކޮށްގެން ޕޮލިސް ދަނޑުގައި އީދު ދުވަހުގެ ރެއިން ފެށިގެން ކުރިއަށް ގެންދާ ” ޕޮލިސްކަޕް 2019 ” ފުޓްބޯޅަ މުބާރާތުގެ ސެމީފަނަލްގެ މެޗްތައް މިރޭ ކުޅެވޭނެއެވެ.

5 ޓީމް ވާދަކުރި މިމުބާރާތުގެ މެޗްތައް ކުޅެވުނީ ކޮންމެ ޓީމެއް ކޮންމެޓީމަކާ ބައްދަލުކޮށް ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ 4 ޓީމް ސެމީފައިނަލަށް ހޮވޭ ގޮތަށެވެ.

މިގޮތުން 1 ވަނަ ޓީމެއްގެ ގޮތުގައި ސެމީފަނަލަށް ބްރަދާސްޔުނައިޓެޑް ހޮވިފައިވާއިރު 2 ވަނަ ޓީމަކަށް ހޮވުނީ ޕޮލިސްޓީމެވެ. 3 ވަނަ ޓީމަކަށް ރެފިއުޖީ ހޮވުނުއިރު 4 ވަނަ ޓީމަކަށް ހޮވުނީ ކެނެރީފެވެ.

ސެމީފައިނަލްގެ މެޗްތައް ހަމަޖެހިފައިވާ ގޮތުން މިރޭ ކުޅެވޭ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޕޮއިންޓްގެ ގޮތުން 1 ވަނަ ޓީމުގެ ގޮތުގައި ހޮވުނު ބްރަދާސް ޔުނައިޓެޑާއި 4 ވަނައަށް ހޮވުނު ކެނެރީފެވެ. މިރޭ ކުޅެވޭ ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ޕޮއިންޓްގެ ގޮތުން ދެވަނައަށް ހޮވުނު ޕޮލިސްޓީމާއި 3 ވަނަ ޓީމަކަށް ހޮވުނު ރެފިއުޖީއެވެ.

Next: ފޮޓޯއިން ޚަބަރު: ކޯޓްއަމުރުގެ ދަށުން ބަލާ ފާސްކޮށްފި