ހިތަދޫއިންނެގި ރުށްތައް އެހެން ތަނެއްގައި އިންދަން ޖެހޭނެ: އީޕީއޭ

އައްޑޫ ސިޓީ ހިތަދޫގައި އަލުން ތަރައްގީކުރާ ސްކެއާ ސަރަހައްދުން ރުއް ނަގަން ހުއްދަ ދިނީ، އެ ރުއްތައް އެހެން ސަރަހައްދެއްގައި އިންދަން ޝަރުތުކޮށްފައި ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ އެތަނުގައި ހުރި ރުއްތައް ނަގަން ހުއްދަ ދިނީ، އެ ރުއްތަށް އެހެން ސަރަހައްދެއްގައި އިންދަން ޝަރުތުކޮށްފައި ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ، އެތަން އަލުން ހުޅުވާލާނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހިތްފަސޭހަ ކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ތަނެއްގެ ގޮތުގައި ކަމަށެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުގެ އެއްފަރާތުގައި އޮންނަ ސަރަހައްދުގައި ބޮޑު ދިދައެއް ޖަހައި، ސިޓީ ސްކެއާއެއްގެ ގޮތައް އަލުން ތަރައްގީކޮށް ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުޅުވުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ.

އެތަނުގައި ހުރި ގަސްތައް ނަގަމުންދާތީ، އެކަމާ ދެކޮޅަށްް ރައްޔިތުން މިހާރުވެސް އަޑު އުފުލާ، ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ

Next: ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން 300 ގެއިން ހިލޭ ކުނި ނަގައިފި