ހިތަދޫސްކޫލާއި ބައްދަލުކޮށް ޝަމްސުއްދީންސްކޫލް ބަލިވެއްޖެ

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގައި ހިތަދޫސްކޫލާއި ޝަމްސުއްދީން ސްކޫލް ބައްދަލުކޮށް ކުޅުނުމެޗް ހިތަދޫ ސްކޫލްޓީމު ކާމިޔާބުކޮށްފިއެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގެ ދަނޑުގައި ކުޅެވުނު މިމެޗް ހިތަދޫ ސްކޫލްކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމްގެ ކުޅުންތެރީންގެ ފަރާތުން ދާދިހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑު ހޯދީ ހިތަދޫ ސްކޫލްޓީމެވެ. ހިތަދޫ ސްކޫލްގެ ފުރަތަމަ ލަނޑު 7 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު މައިމޫނު ރޫހުލް އަމީނެވެ.

ލީވާން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ހިތަދޫ ސްކޫލްޓީމުން ލަނޑެއް ޖަހާ ލީޑު ހޯދާފައިވަނިކޮށް ފުރަތަމަ ހާފްގެ 15 ވަނަ މިނިޓްގައި ޝަމްސުއްދީން ސްކޫލު ޓީމުންވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެން ލީވާން ޝާނުއެވެ. އަދި މިމެޗްގެ ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީ 1-1 ން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިމެޗްގެ ދެވަނަ ހާފް ކުޅުން ފެށިއިރު ޝަމްސުއްދީން ސްކޫލްޓީމު ކުޅުންތެރީންގެ ތެރެއިން ބައެއް ކުޅުންތެރީން ފުރަތަމަ ހާފްގައި ކުޅުނު މަގާމްތަކަށް ބަދަލުތަކެއް ގެނެސްފައިވީނަމަވެސް ހިތަދޫ ސްކޫލްގެ ކުޅުންތެރީން ކުޅެމުން ގޮސްފައިވަނީ ފުރަތަމަ ހާފްގައި ކުޅެމުންދިޔަ ގޮތަށެވެ.

ހިތަދޫސްކޫލްޓީމުގެ ގިނަކުޅުންތެރީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ދެވަނަ ހާފްގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު  42 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު އައިހަމް އާމިރެވެ.

މިމެޗުން ޝަމްސުއްދީން ސްކޫލް ދެރަވުމުން އެޓީމަށް ދެމެޗު ކުޅެގެން 1 ޕޮއިންޓް ލިބިފައިވާތީ އެޓީމަށް މިމުބާރާތުގައި ސެމީފަނަލަށް ދެވުމުގެ ފުރުސަތުވަނީ ވަރަށް ކުޑަވެފައެވެ.

Next: މާއިޒްގެ ހެޓްރިކާއެކު ބޮޑުތަފާތަކުން މަރަދޫ ސްކޫލްގެ މައްޗަށް ހުޅުދޫ ސްކޫލް ކުރިހޯދައިފި