ފުވައްމުލަކު އަދި އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފި

މިއަދު މެންދުރު 12:40 އާއި ހަވީރު 15:40 އާއި ދެމެދު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާގޮތުން މިއަދު މެންދުރު 12:40 އާއި ހަވީރު 15:40 އާއި ދެމެދު   މޫސުން ގޯސްވެ، މި ދެ އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ގިނަ ދުވަސްތަކެއް ވާންދެން ވާރޭ ނުވެހި އޮތުމަށް ފަހު ރާއްޖެއަށް ވާރޭވެހެން ފަށާފައި މިވަނީ އިއްޔެ އިސްތިސްގާ ނަމާދު ކުރިފަހުން ނެވެ.

Next: ޕީއެސްޖީއާއި ޔުއެންޓާސް ބަލިކުރިގޮތައް ބާސެލޯނާވެސް ބަލިކުރެވޭނެ- ސޯލްޝެއާ