އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ފާހަގަކޮށްފި

Advertisement

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ރާއްޖޭގެ އެކި ހިސާބުތަކުގައި ފާހަގަކޮށްފިއެވެ.
ކޮންމެ އަހަރަކުވެސް އޭޕްރިލް މަހުގެ 2ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ “އެސިސްޓިވް ޓެކްނޮލޮޖީސް – އެކްޓިވް ޕާޓިސިޕޭޝަން” މިއީ އޯޓިޒަމް ކުދިންނަށްވެސް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން، މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި މިދުވަސް ފާހަގަ ކުރަމުންއަންނައިރު ރާއްޖޭގެ ސްކޫލްތަކުގައްޔާއިި ސަރުކާރު މުވައްސަސާތަކާއި އަމިއްލަ ކުންފުނިތަކުންވެސް މިދުވަސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ދުވަހާއި ގުޅިގެން ސްކޫލްތަކުގައި ޚާއްސަ އެސެމްބްލީތައް ބާއްވައި އޯޓިޒަމްހުންނަ ކުދިންގެ ހުނަރު ދައްކާލުންފަދަ ކަންކަން ސްކޫލްތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ.

ހުނަރުގެ ގޮތުން ތަފާތުތަކެއް ހުރިނަމަވެސް އޯޓިޒަމް ހުންނަ ކުދިންނަކީ އެކުދިން ކުރާ ކަންކަމުގައި ވަރަށް ގަޔާވެގެން، ކަންކަން ކުރާކުދިންނެވެ. އެކުދިންގެ ކިބައިން ފެންނަ ކަންކަމަކީ ތަފާތު ކަންތައްތަކަށް ވީނަމަވެސް އެކުދިންނަކީ އެންމެންގެ ލޯބި ބޭނުންވާ ބައެއްކަން މުޖުތަމަޢުގެ އެންމެންވެސް ދަންނަންޖެހެއެވެ.

Next: ޕިކްނިކް އައިލެންޑް ތަރައްޤީކުރަނީ އެނބޫދޫ ފިނޮޅުގައި