ރޮޒޭއަކީ ކޮންމެހެން ރަށްޔިތުންގެ މަޖިލިހަށް އިންތިޚާބްކުރަންޖެހޭ ކުޅަދާނަ އަންހެން ބޭފުޅެއް- ރައީސް ނަޝީދު

Advertisement

ރޮޒޭއަކީ އަޅުގަޑުގެ ވަރަށްބޮޑު އިތުބާރާއެކީގައި އަޅުގަޑުމެން ކޮންމެހެން އެބޭފުޅާ ރަށްޔިތުންގެ މަޖިލިހަށް އިންތިޚާބްކުރަންއެދޭ ކުޅަދާނަ އަންހެން ބޭފުޅެއްކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ، ރައީސް ސޯލިހުއާއިއެކު މިމަހުގެ 9 ވަނަ ދުވަހު މީދުއަށް ވަޑައިގެން އެމްޑީޕީގެ ޓިކެޓްގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި މީދޫ ދާއިރާއަށް ވާދަކުރައްވާ ރޮޒެއިނާ އާދަމްގެ  ކެމްޕެއިން ހަފްލާގައި  ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ 5 އަހަރުދުވަހުގެތެރޭގައި ރޮޒޭ ރަށްޔިތުންގެ މަޖިލިހުގައި ސާބިތުކަމާ ދެގޮތެއްނުވާ އަޒުމާ އަދި ގަދަހިތްވަރާއެކީ ކުރައްވަމުންގެންދެވި މަސައްކަތް ތިޔަބޭފުޅުންނަށް މާސާފްކޮށް ފެނިވަޑައިގަންނަވާނެކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ  ރޮޒޭއަކީ އަޅުގަޑު ވަރަށްބޮޑު އިތުބާރާއެކީ އަޅުގަޑުމެން ކޮންމެހެން އެބޭފުޅާ ރަށްޔިތުންގެ މަޖިލިހަށް އިންތިޚާބްކުރަންއެދޭ ކުޅަދާނަ އަންހެން ބޭފުޅެއްކަމަށެވެ.

”  މީދޫ އެކަންޏެއްނޫން ރޮޒޭނާގެ މަސައްކަތްތަކުންނާއި އެބޭފުޅާގެ ހުނަރުން ފަޚުރުވެރިވަނީ . މުޅި ރާއްޖެވެސް އެބޭފުޅާގެ މަސައްކަތަށް ފަޚުރުވެރިވޭ . އަޅުގަޑުމެންނަކަށް މިފަދަ ގާބިލް އަންހެން ބޭފުޅުން ވަރަށް މަދުންނޫނީ ނުލިބޭ . އަޅުގަޑުގެ ވަރަށްބޮޑު އެދުމެއް މިދާއިރާއިން ރޮޒޭނާ އާދަމް ތިބޭފުޅުން ވަރަށްގަދަ މަސައްކަތްކުރައްވައިގެން އިންތިޚާބްކޮށްދެއްވުން . ހުރިހާގެއަކަށް ވަދެ ވަޑައިގަންނަވާ . ހުރިހާ ދާއިރާގެ ބޭފުޅުންނާ ވާހަކަދައްކަވާ . އެބޭފުޅުން ކައިރީގައި ރޮޒޭނާއަށް ވޯޓް ދެއްވުމަށާ  އަޅުގަޑުމެންގެ އެޖެންޑާ 19 ގައިހުރި ވާހަކަތައް ކިޔާ ދެއްވީމާ އެބޭފުޅުންނަށް އެވާހަކަތައް ސާފްވާނެ. އެއިރުން ގިނަ ރަށްޔިތުން އެއްގޮތަކަށްވެސް ޝައްކުނުކުރައްވާ އެޖެންޑާ19 އަށް ވޯޓްދޭނެ .” ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހަފްލާފައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ19 އަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދުމަށް ބޭނުންވާ ގާނޫނީ ވަސީލަތްތައް ހިމެނޭ އެޖެންޑާއެއްކަމަށާ ރައީސް ސޯލިހުގެ ވައުދުތައް ފުއްދައިދިނުމަށްޓަކައި   ރޮޒޭނާފަދަ ގާބިލް ބޭފުޅުން މަޖިލިހަށް ހޮއްވަވައިގެން ރަށްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ކޮންމެހެން  އެމްޑީޕީއަށް ލިބެންޖެހޭކަމަށެވެ.

Advertisement

 

Next: ޔުވެންޓަސް ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި