އެޖެންޑާ 19: އައްޑޫ ތަސައްވަރު ލޯންޗުކޮށްދެއްވުމަށް ރައީސް ސޯލިހު އައްޑުއަށް ވަޑައިގަންނަވަނީ

Advertisement

ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ކެމްޕޭން އެޖެންޑާ 19 “އައްޑޫ ތަސައްވަރު” ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލޯންޗުކޮށްދެއްވާނެކަމަަށް އެމްޑީޕީން ބުނެފިއެވެ

އެމްޑީޕީގެ އެޖެންޑާ 19ގެ ކޮމިއުނިކޭޝަންސް ކޯޑިނޭޓަރ މުހައްމަދު ސައިފް ފާތިހް ވިދާޅުވީ ރައީސް ސޯލިހު އާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ސޯލިހު އާއި ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިއީ ކުލަގަދަ ފޯރިގަދަ ރަސްމިއްޔާތަކަށް ވާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ

ސައިފް ފާތިހް ވިދާޅުވީ އައްޑޫ އެޖެންޑާ 19 އިން ކަނޑައަޅާފައިވާ ކަންކަމުގެ ޕްރެޒެންޓޭޝަނެއް މި ރަސްމިއްޔާތުގައި ރައީސް ހުށަހަޅުއްވާނެކަމަށެވެ.

އެޖެންޑާ 19ގެ ކެމްޕެއިން އައްޑޫގައި ލޯންޗު ކުރައްވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ފެއްޓެވީ އައްޑޫންނެވެ. އެމަނިކުފާންގެ ރިޔާސީ ކެމްޕެއިން ވަދާއީ ހަފްލާވެސް ބޭއްވީ އައްޑޫގައެވެ.

Advertisement
Next: ވީހާވެސް ބޮޑަށް ރޮޒެއިނާއަށް ތާއިދުކޮށް ރޮޒެއިނާއަށް ވޯޓްދެއްވާ- ހިޝާމް