ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި މީދޫ ދާއިރާ ވާދަކުރައްވާ ކެންޑިޑޭޓު، ރޮޒައިނާ އާދަމްގެ ކެމްޕެއިންޓީމުގެ ފަރާތުން ” މީދޫދާއިރާ އެޖެންޑާ 2019 ” މިނަމުގައި ބާއްވާ ވަރަށް ޚާއްސަ ޖަލްސާއެއް މާދަމާރޭ ( 1 މާރޗް 2019 ވާ ހުކުރު ދުވަހުގެރޭ ) 9:00 ގައި މީދޫ ބަނދަރު ސަރަހައްދުގައި އޮންނާނެއެވެ.
ރޮޒައިނާގެ ކެމްޕޭން ޓީމުން “ވީއޯއެމް”އަށް މައުލޫމާތު ދެމުން ބުނީ މިބައްދަލުވުމަކީ ދާއިރާގެ ރައްޔިތުންގެ ގުޅުން ވަރުގަދަކޮށް އެކުވެރިކަން އާލާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
ވީމާ މިބައްދަލުވުމަށް އެމްޑީޕީއަށް ސަޕޯޓްކުރައްވާ ވީހާ ގިނަފަރާތްތަކަކުން ވަޑައިގެން ދެއްވުމަކީ މިބައްދަލުވުން އިންތިޒާމްކުރާފަރާތުގެ ވަރަށްބޮޑު އެދުމެކެވެ.