ފުވައްމުލަކު ވޮލީޓީމެއް މިއަދު މީދުއަށް ޒިޔާރަތްކޮށްފި އެވެ.
މިއަދު މެންދުރުފަހު 4:30 ހާއިރު ފުވައްމުލަކު ވޮލީޓީމް މީދޫއަށް ޒިޔާރަތްކޮށްފައިވަނީ މީދޫ ވޮލީ ޓީމާއެކު މާދަމާ ހަވީރު ކުޅުމަށްހަމަޖެހިފައިވާ އެކުވެރިކަމުގެ ވޮލީމެޗް ކުޅުމަށްޓަކައެވެ. މިމެޗްގެ ކުޅުން އޮންނާނީ މާދަމާ ހަވީރު 16:00 ގައި މީދޫ އިޖްތިމާއީމަރުކަޒުގެ ވޮލީކޯޓްގައެވެ.
މިމެޗް އިންތިޒާމްކުރާ ފަރާތްތަކުން އެދެނީ މިމެޗްގެ ކުޅުން ބެއްލެވުމަށާ މިމެޗްގައި ބައްދަލުކުރާ ފުވައްމުލަކު ވޮލީޓީމުގެ ކުޅުންތެރީންނަށް ތަރުހީބު ދިނުމަށް ވީހާވެސް ގިނަބަޔަކު މާދަމާ ހަވީރު ވަޑައިގެން ދެއްވުމަށެވެ.