ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޓީމް އަލްފައިން ހޯދައިފި

Advertisement

ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދިޔަ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޓީމް އަލްފައިން ހޯދައިފިއެވެ.

ޓީމް އަލްފައިން  މިމުބާރާތުގެ ޗެމްޕިއަންކަންހޯދީ ހުކުރުދުވަހުގެރޭ ކުޅެވުނު ފައިނަލްމެޗްގައި ޓީމް ޗެލެންޖާސް ސީދާ ތިންސެޓުން ބަލިކުރުމަށްފަހުގައެވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރީންނަށް ހޮވުނު މަލްދާ އާއި މޫނިސް

މިމެޗްގެ ސެޓްތައް އަލްފައިން ގެންގޮސްފައިވަނީ 25-17 ، 25-18 ، އަދި 25-19 އިންނެވެ.

މިމެޗްގެ މޭންއޮފްދަމެޗަކަށް ޓީމް އަލްފައިންގެ އިބްރާހިމް މޫނިސް   ހޮވުނުއިރު   މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ އަލްފައިންގެ މަލްދާ މަސްސޫދެވެ.

( ތަފްސީލް އަންނަނީ )

Next: އިގިރޭސި ޕްރިމިއާލީގުގެ ބައެއްމެޗްތައް ދައްކާ އައިސްޓީވީ ދިރާގުޓީވީއަށް