ބޮޑު ޗުއްޓީގެ ދުވަސްވަރު ބަދަލުކުރުމާބެހޭ ގޮތުން މަޝްވަރާކޮށްފި

Advertisement

ރާއްޖޭގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލު ކުރުމާބެހޭ ގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީއާ ބައްދަލު ކުރައްވައިފިއެވެ.

ރާއްޖޭގެ ސްކޫލުތަކުގެ އަހަރީ ޗުއްޓީ ދުވަސްވަރު މިހާރު އޮންނަ ގޮތުން އަހަރުގެ ފަހުކޮޅަކީ ފަތުރުވެރިކަމުގެސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސީޒަން ކަމަށްވެފައި އެދުވަސްވަރަކީ އެހެން ސަރަހައްދުތަކަށް ފިނި މޫސުން ކަމަށްވުމާއި، ކްރިސްމަސް އާއި އައު އަހަރުކަމުން ކޮންމެ އަހަރަކުވެސް އެތައް ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. އެހެންވީމާ ރިސޯޓުތަކާއި އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެދުވަސްވަރު ޗުއްޓީހޯދުން އޮންނަނީ ދަތި ކަމަކަށް ވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ މަންހަޖު ގައި ޓްރެވެލް އެންޑް ޓޫރިޒަމް އިތުރަށް ހިމެނޭނެ ގޮތްތަކާ ބެހޭގޮތުންވެސް ދެ މިނިސްޓަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި މިނިސްޓްރީތަކުގެ އިސް ބޭފުޅުން ކޮޅެއްވެސް ވަނީ ބައިވެރިވެފަ އެވެ.

Next: މޯލްޑިވިއަން އިން މިއަދުން ފެށިގެން ޓިކެޓް ވިއްކަމުން ދާނީ އަގުހެޔޮ ފެޔާ ތަކުގައި