ޖޯލިއަންސް މިކްސް ވޮލީ މުބާރާތް : ސެމީފައިނަލްގެ ދެވަނަމެޗް ކާމިޔާބުކުރީ ޓީމް އަލްފައިން

ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ  ކުޅުނު ސެމީ ފައިނަލު ދެވަނަ މެޗް ޓީމް އަލްފައިން ކާމިޔާބުކޮށްފިއެވެ. ޓީމް އަލްފައިން ރޭ ކުޅެވުނު މިމެޗް ކާމިޔާބުކުރީ  ޓީމް ގަރާޖާއި ބައްދަލުކޮށް ސީދާ ތިންސެޓުން މޮޅުވެގެނެވެ.

މިމެޗް ޓީމް އަލްފައިން ކާމިޔާބުކުރުމުން ސެމީފައިނަލްގެ 4 ވަނަމެޗްގައި އަލްފައިން ބައްދަލުކުރަންޖެހޭނީ ފުރަތަމަ ސެމީފައިނަލްމެޗުން  ޓީމް ޗެލެންޖާސްއަތުން ސީދާ ތިންސެޓުން ބަލިވެފައިވާ ޓަފްސިކްސްއާއެވެ.

ލިޓަސް އައްޑޫ ބްރާންޗްގެ މެނޭޖަރ  ހަސަން ސައީދުއާއި ފޭދޫ ކުރީގެ މަޝްހޫ ވޮލީޓީމް މާދެލަޓީމްގެ މެނޭޖަރ ހައްވާ ރަޝީދާއާއި ފާތުމަތު ހަމްޒާނާ އަދި އާއިޝަތު އިބްރާހިމް ގެ އިތުރަށް އާމިނަތު ސުމައްޔާ  ޝަރަފްވެރިކޮށްދެއްވި މިމެޗްގެ  މޭންއޮފްދަ މެޗަކަށް ޓީމް އަލްފައިންގެ އިބްރާހިމް މޫނިސް   ހޮވުނުއިރު   މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ އަލްފައިންގެ މަލްދާ މަސްސޫދެވެ.

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Next: އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވަމުން ގެންދެވި ކެޕްޓަން މުޙައްމަދު ރާމިޒް ކުއްލި ގޮތަކަށް ނިޔާވެއްޖެ