ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ކުރާ ޖުރިމަނާގެ ގާނޫނަށް އަމަލު ކުރުން ފަސްކޮށްފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަތައް އެފަރާތްތަކުގެ އެކައުންޓަށް ޖަމާކުރުން މަޖުބޫރުވާގޮތަށް ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކޮށްފިއެވެ.

ބިދޭސީންގެ މުސާރަ އާއި ބެހޭ ކަންކަން ވަޒީފާދޭ ފަރާތުން ތަންފީޒު ކުރުމާ ބެހޭ ގަވައިދުގައި ބުނާގޮތުގައި ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާނުކޮށްފިނަމަ ވަޒީފާދޭ ފަރާތް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އެގޮތުން ވަޒީފާދޭ ފަރާތް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚެއްގޮތަށް މިހާރު ކަނޑައަޅާފައިވަނީ ޖުލައި 2019އެވެ

Next: ޖުޑިޝަރީ އިސްލާޙް ކުރުމަށް ދަނީ މަޝްވަރާ ކުރަމުން –ޝައުނާ