ތ. އަތޮޅާ ސ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި

ތ. އަތޮޅާ ސ. އަތޮޅާ ދެމެދުގެ ރަށްތަކަށް، މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފިއެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފައިވަނީ މިއަދުގެ 14:00 ން ފެށިގެން މިރޭ 19:00 ގެ ނިޔަލަށެވެ.

މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ، ތ. އަތޮޅާއި ސ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިއްސާރާވެ ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރުވޭ ކަމަށެވެ

Next: އަދީބް އަނބުރާ ޖަލަށް ގެންގޮސްފި