ފެނަކަ ހުޅުމީދޫ ބްރާންޗަށް ޑިޕިއުޓީ ޑިރެކްޓަރެއް ހޯދުމަށް އިއުލާންކޮށްފި

ފެނަކަ ކޯޕަރޭޝަން ހުޅުމީދޫ ބްރާންޗަށް ޑިޕިއުޓީ ޑިރެކްޓަރެއްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން އިއްޔެ ކޮށްފައިވާ އިއުލާންގައިވާ ގޮތުން މިމަގާމަށް އެދި ހުށަހަޅަން ބޭނުން ވާފަރާތްތަކުން ފެނަކަ ހެޑްއޮފީސް ( ޕޯރޓް ކޮމްޕްލެކްސް: 7 ވަނަ ފަންގިފިލާ ) އަދި ފެނަކަ ހުޅުމީދޫ ބްރާންޗުން ރަސްމީ ދުވަސްތަކުގެ 8:00 ން 15:00 އަށް އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.

އަދި އެޕްލިކޭޝަން ފޯމް 31 ޑިސެމްބަރ 2018 ވާ ހޯމަދުވަހުގެ 15:00 ގެ ކުރީން ތިރީގައި ދަންނަވާފައިވާ އެޑްރެހަށް ނުވަތަ ފެނަކަ ހުޅުމީދޫ ބްރާންޗަށް ހުށަހަޅާއިރު  އެޕްލިކޭޝަން ފޯމާއެކު ސީވީ އަދި އައިޑީ ކާޑްގެ ކޮޕީ އާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯޓް ހުށަހެޅުމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ ، 7 ވަނަ ފަންގިފިލާ

ހިލާލީމަގު- މާލެ

ވެބްސައިޓް: www.fenaka.com.mv

ފޯން: 3327555

ފެކްސް: 3327555

 

Next: ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ގަދަފަދަ ލިޓަސް އަލްފައިންގެ އަތްދަށަށް