މުއާޒް ޕީޕީއެމުން ވަކިވެއްޖެ

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ،  ޕީޕީއެމުން ވަކިވެއްޖެކަން ހާމަކޮށްފިއެވެ.
މުއާޒް ޕީޕީއެމުން ވަކިވެއްޖެކަން ހާމަކުރައްވާފައިވަނީ  ފިނިފެންމާ ލޯންޗުކޮޅު ގޮވި ހާދިސާގެ މައުލޫމާތު މުއާޒަށް ފެނިފައިވާގޮތް ހިއްސާކުރެއްވުމަށް އޭނާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ ވާހަކަދައްކަވަމުންނެވެ.

“މިހާރު އަޅުގަނޑަކީ އެއްވެސް ޕާޓީއެއްގެ މެމްބަރެއް ނޫން. މިހާރު އަޅުގަނޑަކީ މިނިވަނެއް. ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން ވެސް އިސްތިއުފާ ދެން،” ރޭ މުއާޒް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއާޒް ބުނެފައިވެއެވެ.

Next: އިނގިރޭސި ޕްރިމިއާ ލީގު: ލިވަޕޫލްއަށް 6 ޕޮއިންޓްގެ ލީޑެއް