ވައިބަރ ކޮންމެ ސްޓިކާ ޕެކެއްވެސް ޑައުންލޯޑް ކޮށްލެވޭ ޚާއްސަ ޕެކެޖެއް އުރީދޫއިން ތައާރަފްކޮށްފި

އެންމެ 19 ރުފިޔާއަށް ވައިބަރގެ ކޮންމެ ސްޓިކަރ ޕެކެއްވެސް ޑައުންލޯޑް ކުރެވޭ ހާއްސަ ޕެކޭޖެއް މިއަދު އުރީދޫއިން ތައާރަފުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އާއި ވައިބަރ ގުޅިގެން ތައާރަފްކުރި މި ހިދުމަތް އެކްޓިވޭޓް ކޮށްލުމުން ވައިބަރގެ ސްޓިކާ މާރކެޓްގައި ހިމެނޭ އެތައްހާސް ސްޓިކަރތައް އުރީދޫގެ ކަސްޓަމަރުންނަށް އިތުރު އެއްވެސް އަގަކާނުލާ ބޭނުންކުރެވޭނެއެވެ.

ޕްރިމިއަމް ވައިބަރ ސްޓިކަރގެ ހިދުމަތަކީ އޮންލައިންކޮށް ފައިސާ ދެއްކުމަށްފަހު ލިބިދެވޭ ހިދުމަތަކަށްވާއިރު އަންލިމިޓެޑް ވައިބަރ ސްޓިކަރގެ މި ހިދުމަތާއިއެކު ޕްރިމިއަމް ސްޓިކަރޕެކްތައް ބޭނުންކުރުމުގެ މަގު އިތުރަށް ފަހިވެގެންދާނެއެވެ. އަންލިމިޓެޑް ވައިބަރ ސްޓިކަރގެ ހިދުމަތް ހޯއްދެވުމަށް STICKER ޖެއްސެވުމަށްފަހު 4114 އަށް ފޮނުއްވުމުން ވައިބަރގެ ސްޓިކަރ މާރކެޓުން ބޭނުންފުޅު ވަރަކަށް ސްޓިކަރ ޑައުންލޯޑް ކުރެއްވޭނެއެވެ.

ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ލޯކަލް އަދި އިންޓަނޭޝަނަލް ޕާޓްނަރުންގެ ތަފާތު ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އުރީދޫއިން ނުހަނު އިސްކަންދޭ ކަމެކެވެ. ނިމިދިޔަ ހަފްތާގެ ތެރޭގައި އުރީދޫއިން ވަނީ އެމޭޒަން ޕްރައިމް ވީޑިއޯ ތައާރަފްކޮށްފައެވެ.

މި ހިދުމަތާއެކު އުރީދޫ ޕޯސްޓްޕެއިޑް އަދި ފިކްސްޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ހިދުމަތް އަޖުމަ ބެލުމުގެ ގޮތުން ފުރަތަމަ 7 ދުވަހު ހިލޭ އަދި އެއަށްފަހު ފުރަތަމަ 6 މަސްދުވަހު މަހަކަށް އެންމެ 49 ރުފިޔާއަށް ބޭނުންކުރެއްވޭނެއެވެ.

އަންލިމިޓެޑް ވައިބަރ ސްޓިކަރގެ ހިދުމަތް ހޯއްދެވުމަށް، ނުވަތަ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://www.ooredoo.mv އަށް ޒިޔާރަތްކުރައްވާށެވެ.

Next: ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ޓީމް ޗެލެންޖާސް އަތުން ޓީމް ގަރާޖް ބަލިވެއްޖެ