އެމްޓީސީސީގެ އެމްޑީއަކަށް ސ. މަރަދޫފޭދޫ ޝާހު ހަމަޖައްސަވައިފި

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ސ. މަރަދޫފޭދޫ ބަގީޗާގޭ ހަސަން ޝާހް ހަސަން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމަށް ހަމަޖައްސަވައިފިއެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ލަފާގެ މަތީން އެމްޓީސީސީގެ އެމްޑީކަމަށް ސ. މަރަދޫފޭދޫ ބަގީޗާގޭ ހަސަން ޝާހް މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ހަސަން ޝާހުވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެމްޕީއެލްގެ ޗެއާމަން ކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.

Next: ނައިބު ރައީސް ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފި