ސަރުކާރުގެ 3 ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރައްވައިފި

ރުކާރުގެ 3 ވިޔަފާރި ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރ އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ވިދާޅުވީ، މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރެއްވީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ އާއި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ، އެމް.ޑަބްލިޔު.އެސް.ސީ އަދި އައިލެންޑް އޭވިއޭޝަން ސަރވިސްއަށްކަމަށެވެ.

އެސްޓީއޯ މެނޭޖިންގ ޑިރެކްޓަރކަމަށް އައްޔަންކުރެއްވީ ހުސައިން އަމްރު މުޙައްމަދެވެ. އަމްރުއަކީ މީގެ ކުރިން ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމާއި، އެމްޓީސީސީގެ ސީއީއޯ ގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެސްޓީއޯ މެނޭޖިންގ ޑިރެކްޓަރކަމަށް އައްޔަންކުރެއްވި ހުސައިން އަމްރު މުޙައްމަދު

އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް އައްޔަންކުރެއްވީ އާދަމް އާޒިމްއެވެ. އާޒިމްއަކީ މީގެކުރިން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރި އާދަމް އާޒިމު

އައިލެންޑް އޭވިއޭޝަން ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އައްޔަންކުރެއްވީ ގަލޮޅު ޔުރޭނަސް މުޙައްމަދު ރިޒްވީއެވެ. އޭނާއަކީ މީގެ ކުރިން މޯލްޑިވިއަން ހޮލިޑޭސްގެ ހެޑްގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އައްޔަންކުރެއްވި މުޙައްމަދު ރިޒްވީ

ސަރުކާރުގެ ބައެއް ވިޔަފާރި ކުންފުނިތަކަށް މީހުން އައްޔަންކުރިއިރު މީގެ ކުރިން ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުން ވަކިކޮށް އައު ބޭފުޅުން އައްޔަންކުރައްވާފައެވެ. އެގޮތުން ދިރާގުގެ ޗެއަރމަނަކަށް އިއްޔެ ވަނީ އެ ކުންފުނީގެ ކުރީގެ ސީއީއޯ އަލީ ވަހީދު އައްޔަންކުރައްވާފައެވެ.

މަސްދަރު: ޕީއެސްއެމް

Next: ސިޓީ ކައުންސިލްގެ ބާރުތައް ފެށޭ ހަފްތާގެ ތެރޭގައި ދޭނަން – ރައީސް