ކޮމިޝަނަރު ޖެނަރަލް ކަސްޓަމްސް ކަމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

ކޮމިޝަނަރު ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމުން މުހައްމަދު ޖުނައިދު އިސްތިއުފާ ދެއްވައިފި އެވެ.

ޕީޕީއެމްގެ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ޖުނައިދު ވަނީ އެމްޕީއެލްގެ ސީއީއޯގެ މަގާމް ވެސް އަދާކުރައްވާފަ އެވެ. އެމްޕީއެލްއިން އިސްތިއުފާ ދެއްވިތާ އަހަރެއްވާން ގާތް ވެފައި ވަނިކޮށް އޭނާ ވަނީ ދެވަނަ ފަހަރަށް ކޮމިޝަނަރު ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަނު ކުރައްވާފަ އެވެ.

ޖުނައިދު މީގެ ކުރުން ބުނެފައިވަނީ ކަސްޓަމްސްގައި އޭނާ ހުންނެވި މަގާމަށް އިތުރު ފަރާތެއް އައްޔަނު ކުރުމާ ހަމައަށް އެ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.

ޖުނައިދު މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރީން މިއަދު ޕީޕީއެމުން ވަކިވެ އެމްޑީޕީއަށްވަނީ ސޮއިކުރައްވާފައެވެ. ޖުނައިދު އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ޕްރައިމަރީގައި އިމާދު ސޯލިހަށް ކާމިޔާބު ހޯދައިދިނުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Next: ކުރީގެ ނައިބު ރައީސް އަދީބު ގެއަށް ބަދަލުކޮށްފި