ޕްރިމިއާލީގު: ބޯންމައުތުގެ މައްޗަށް 2 ލަނޑު 1 ލަނޑުން އާސެނަލް ކުރިހޯދައިފިއި

އިގިރޭސި ޕްރިމިއާލީގުގައި ބޯންމަތްގެ މައްޗަށް 2 ލަނޑު 1 ލަނޑުން އާސެނަލް ކުރިހޯދައިފިއެވެ.

ބޯންމަތްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީވެސް އާސެނަލް އިންނެވެ. މި ގޯލަކީ މެޗުގެ 30 ވަނަ މިނެޓްގައި ބޯންމަތްގެ ލެމާ އަތުން ބައިކޮޅަށް ވެދެފައިވާ ގޯލެކެވެ.

އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެމުން ދަނިކޮށް ފުރަތަމަ ހާފްގެ 45 ވަނަ މިނެޓްގައި ބޯންމައުތުގެ ޖޯޝުއާވަނީ ލަނޑެއް ކާމިޔާބުކޮށް ދީ ބޯންމަތް އަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

1 ލަނޑު 1 ލަނޑުން ދެޓީމު އެއްވަރުވެގެން  ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 67 ވަނަ މިނެޓްގައި އާސެނަލްގެ  ކޮލަސިނަޗް ނަގައިދިން ހުރަހަކުން އެޓީމުގެ އޮބަމަޔަންގް ވަނީ އާސެނަލް އިން މިމެޗްގައި ކާމިޔާބުކޮށްދިން 2 ވަނަ ލަނޑު ކާމިޔާބުކޮށްދީ  މެޗުގެ ލީޑު އާސެނަލްއަށް ނަގާދީފައެވެ.

ބޯންމަތް ބަލިކޮށް އާސެނަލްއަށް ލިބުނު 3 ޕޮއިންޓާއެކު 13 މެޗުކުޅެގެން އާސެނަލްއަށް 27 ޕޮއިންޓް ލިބިގެން އެޓީމު އޮތީ ޕޮއިންޓް ޓޭބަލްގެ 5 ވަނާގައެވެ. އަދި ރޭގެ މެޗަކީ އާސެނަލް އިން ބަލިނުވެ ނިންމާލީ 17 ވަނަ މެޗުކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

Next: އަޅުގަޑުގެ ސިޔާސީ ހަޔާތް ނިމުނުކަމަށް ދެކެވަޑައި ނުގަންނަވަން- ރައީސް ނަޝީދު