އައިސްއެސްއޭ ވޮލީ މުބާާރާތް 2018- ރޭގެ މެޗް ކާމިޔާބުކުރީ ޓީމް އަފިރިން

އައިސްއެސްއޭ ވޮލީ މުބާާރާތް 2018 ގައި ރޭ ކުޅެވުނުމެޗް ޓީމް އަފިރިން ކާމިޔާބުކޮށްފިއެވެ.

މީދޫ އިޖްތިމާއީ މަރުކަޒުގެ ވޮލީ ކޯޓްގައި ކުޅެވުނު މިމެޗް ޓީމް އަފިރިން ކާމިޔާބުކުރީ  ޓީމް ވިސްވިސްއާއި ބައްދަލުކޮށް  3 ސެޓް 2 ސެޓުންނެވެ.

މިމެޗްގެ ފުރަތަމަސެޓް 25-21 އިން ހޯދީ ޓީމް ވިސްވިސްއެވެ. އެހެންނަމަވެސް ދެވަނަސެޓް 25-10 އިން ކާމިޔާބުކުރީ ޓީމް އަފިރިންއެވެ. 3 ވަނަސެޓްވެސް 25-21 އިން ހޯދީ ޓީމު އަފިރިންއެވެ.

4 ވަނަ ސެޓް 25-13 އިން ޓީމް ވިސްވިސް ހޯދިކަމުގައިވިޔަސް 5 ވަނަ ސެޓް 16-14 އިން ހޯދާ މިމެޗް ކާމިޔާބުކުރީ ޓީމް އަފިރިންއެވެ.

މީދޫގައި މިވަގުތު ތިބި ވޮލީ ކުޅޭ ބައެއް ކުޅުންތެރީން އިސްނަގައިގެން ” އައިއެސްއޭ ވޮލީ މުބާރާތް 2018 ” ގެ ނަމުގައި  ބާއްވާ މިވޮލީ މުބާރާތުގެ ރޭ ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމް އަފިރިން ޓީމުގެ ކެޕްޓަން ޝާޠިރުއެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ދެވުނު ޓްރޮފީ ޝާޠިރުއާއި ހަވާލްކޮށްދިނީ މިމެޗްގެ ޝަރަފްވެރިމެހްމާނު  ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލް ސުލްޠާންއެވެ.

Next: އައްޑޫ ސިޓީ ތަރައްޤީ ކުރުމުގައި ދެމި ހުންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ