ގަންބުރު ޗެލެންޖް 2018

ގައުމުއެފްސީއާއި ޕޮލިސް ބައްދަލުކުރިމެޗް

ގަންބުރި ޖެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި ގައުމު އެފްސީއާއި ޕޮލިސް ބައްދަލުކުރިމެޗް ޕޮލިސް ކާމިޔާބުކޮށްފިއެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި 23/10/2018 ވަނަ ދުވަހު ހަވީރު ކުޅެވުނު މިމެޗް ޕޮލިސްޓީމު ކާމިޔާބުކޮށްފައިވަނީ  3 ލަނޑު 1 ލަނޑުންނެވެ. މިމެޗުން ޕޮލިސްޓީމު މޮޅުވުމުން ޕޮލިސްޓީމަށްވެސްވަނީ މިމުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ތަނަވަސް ވެފައެވެ.

މިމެޗުން ޕޮލިސްޓީމު މޮޅުވުމުން 3 މެޗުން އެޓީމަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. މިމެޗުން ދެރަވި ގައުމު އެފްސީ މިމުބާރާތުގައި ކުޅުނު 4 މެޗުގެ ތެރެއިން 1 މެޗުން އެއްވަރުވެ 3 މެޗުން ދެރަވެފައިވާތީ އެޓީމަށް 1 ޕޮއިންޓް ލިބިގެން އެޓީމުވަނީ މުބާރާތުން ކަޓާފައެވެ.

 

ޓޫބްރަދާސްއާއި ގައުމު ޖޫނިއާސް ބައްދަލުކުރިމެޗް

ގަންބުރި ޖެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި ގައުމު ޖޫނިއަސްއާއި ޓޫބްރަދާސް ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެވެ.

އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗް އެއްވަރުވެފައިވަނީ 2 ލަނޑު 2 ލަނޑުންނެވެ.

މިމެޗްގައި ޓޫބްރަދާސްއިން ކާމިޔާބުކުރި ދެލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގައެވެ.

ގައުމު ޖޫނިއާސްއިން މިމެޗްގައި ކާމިޔާބުކުރި ދެލަނޑުވެސް ފަހުހާފްގެ ތެރޭގައި ކާމިޔާބުކޮށްދީފައިވަނީ ސަހާފްއެވެ.

މިމެޗް އެއްވަރުވެގެން ނިމުން 4 މެޗު ކުޅެގެން 2 މެޗުން އެއްވަރުވެ 2 މެޗުން މޮޅުވެ 8 ޕޮއިންޓް ލިބިގެން މިމުބާރާތުގެ ފައިނަލަށް ޓޫބްރަދާސްޓީމުވަނީ ހޮވިފައެވެ.

މިމުބާރާތުގެ ފައިނަލުގައި ޓޫބްރަދާސްއާއި ބައްދަލުކުރާނެޓީމެއް އެގޭނީ މިއަދު ހަވީރު ޕޮލިސްއާއި ޝައުގު ބައްދަލުކުރާމެޗްގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.

ޝައުގާއި ޕޮލިސް ބައްދަލުކުރާމެޗު އެއްވަރުވެ ނޫނީ ޝައުގު މޮޅު ވެއްޖެނަމަ ފައިނަލަށް ހޮވޭނީ 4 މެޗުން 7 ޕޮއިންޓް ލިބިފައިވާ ގައުމު ޖޫނިއާސްއެވެ. ޕޮލިސްއަށް ފައިނަލަށް ދެވެންއޮތް ހަމައެކަނި ގޮތަކީ މިމެޗުން މޮޅުވުމެވެ.

 

 

Next: 19 އަހަރުން ދަށުގެ ގައުމީ އަންހެންޓީމުގައި މީދޫ ކުޅުންތެރިއަކު ހިމެނިއްޖ