ޓޫބްރަދާސްއާއި ގައުމު އެފްސީގެ ކުރިމަތިލުން އެއްވަރު

ގަންބުރި ކަޕް 2018 ގެ ނަމުގައި މިހާރު މީދޫގައި ބާއްވަމުންދާ ފުޓްބޯޅަ  މުބާރާތުގައި ޓޫބްރަދާސްއާއި ގައުމު އެފްސީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

އިއްޔެ ހަވީރު މީދޫފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1 ނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ގައުމު އެފްސީންނެވެ. ގައުމު އެފްސީން ކާމިޔާބުކުރި މިލަނޑު ފުރަތަމަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދީނީ ނިޝާމުއެވެ.

މިމެޗްގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 1 ލަނޑު 0 ލަނޑުގެ ގައުމު އެފްސީ ކުރިހޯދައިގެންނެވެ.  މިމެޗްގެ ދެވަނަ ހާފްގެ ކުޅުން ފެށިގެންވެސް ދެޓީމްގެ ފަރާތުން ފެނިގެންގޮސްފައިވަނީ ދާދިހަހަމަ ކުޅުމެކެވެ.

މިމެޗްގައި ޓޫ ބްރަދާސްޓީމުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފްގެ ކުޅުމުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޔޫސުފެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޓޫ ބްރަދާސްގެ މައުޝޫގަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ހުށަހަޅާފައިވާ ޓްރޮފީ ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރިމެހްމާނު ހުސެންދީދީއެވެ.

މިމުބާރާތުގައި މިއަދު ހަވީރު ކުޅެވޭމެޗްގައި ބައްދަލުކުރާނީ  މެޗްގައި ގައުމު ޖޫނިއާސް އާއި އެފްސީ ޝައުގުއެވ

Next: ދަށުކޯޓުން ރައީސް މައުމޫން ޖަލަށް ލުމަށް ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކުރުމާއެކު އެމަނިކުފާނު މިނިވަންވެއްޖެ