ބޮޑު ޗުއްޓީގައި ސްރީލަންކަންގެ ޚާއްޞަ ފްލައިޓްތަކެއް އައްޑޫސިޓީއަށް

މިއަހަރުގެ އަހަރީ ޗުއްޓީއާ ދިމާކޮށް ގަން އިންޓަރނޭޝަނަލް އެއާރޕޯޓަށް ޚާއްޞަ ދަތުރުތަކެއް ކުރުމަށް ސްރީލަންކަން އެއަރލަންއިންސްއިން ނިންމައިފިއެވެ.

ސްރީލަންކަން އެއާލައިންސްއިން އަހަރީ ޗުއްޓީއާ ދިމާކޮށް އައްޑޫސީޓީ ގަމުން ސްރީލަންކާއަށް ފުރަތަމަ ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެ ފްލައިޓްގައި ކޮލޮމްބޯއަށް ޓްރާންސިޓް ކުރުމަށްފަހު ލަންކާ މަގުން ޓްރިވެންޑްރަމް، ކޮޗިން، ޑާކާ، ކުއަލަލަމްޕޫރް، ހައިދްރައާބާދް، ސިންގަޕޫރު އަދި ޖަކާޓާއަށް ފަސޭހަކަމާއިއެކު ފުރޭނެކަމަށް އެއާލައިނުން ބުނެއެވެ. އަދި ސްރީލަންކަން އެއާލައިންސްގެ ދެވަނަ ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 8 ވަނަ ދުވަހުގައެވެ. އެ ފްލައިޓުން ދަތުރުކުރާ ފަރާތްތަކަށް ލަންކާގައި ޓްރާންސިޓް ކުރުމަށްފަހު ޓްރިވެންޑްރަމް، ކުއަލަލަމްޕޫރް، ސިންގަޕޫރު، ބޭންގްކޮކް، އަދި ހައިދްރައާބާދަށް ދަތުރު ކުރެވޭނެއެވެ.

އަހަރީ ޗުއްޓީއާ ދިމާކޮށް ސްރީލަންކަން އެއަރލައިންއިން އައްޑޫސިޓީއިން ދަތުރުކުރާ މަންޒިލްތަކަކީ ދިވެހިން އާންމު ގޮތެއްގައި ދަތުރުކުރާ މަންޒިލްތަކެކެވެ.

Next: އެމެރިކާގެ ޚާރިޖީ ވަޒީރު އިންތިޚާބީ ރައީސަށް މަރުޙަބާ ވިދާޅުވެއްޖެ