ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން އީސީއިން ނިންމައިފި

ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ އިޖުރާއަތުތައް ފުރިހަމަނުވާކަމަށްބުނެ މިދިޔަ ހުކުރުދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް،  ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތުމަށް އީސީން ނިންމީ، އެ ޕާޓީން ހުށަހެޅި ލިއުންތަކަށް ބެލުމަށް ފަހުކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ އިދާރީ ހިންގުން ރައީސް ޔާމީނާ ހަވާލުކުރެއްވުމުގެ އިތުރުން، ހަތަރު ނައިބު ލީޑަރުން ވެސް އިންތިޚާބުކޮށްފައިވާއިރު  ކައުންސިލަށް ވެސް މެމްބަރުން ވަނީ އިންތިޚާބުކޮށްފަ އެވެ.

އަދި މީގެއިތުރުން، ނޮވެމްބަރު 17 ގެ ފަހުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން އެ ޕާޓީން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

Next: 12 ދާއިރާގެ ބައި-އިލެކްޝަން ނުބާއްވަން ނިންމައިފި