ދުނިޔޭގެ އެންމެ ބޮޑު އެއް މަތިންދާ ބޯޓު އިއްތިހާދު އެއާވޭސްގެ އޭ380-800 ގެ ފްލައިޓް މި މަހުގެ 18 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭގައި ޖެއްސުމަށް ތައްޔާރުވަމުން އެބަދެއެވެ.
މިއަދު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު މިއަދު ވިދާޅުވީ، މުޅިން އާ ކޯޑް އޮފް ރަންވޭއެއް މިހާރު އަޅާ ނިމިފައިވާކަމަށާއި، މި މަހުގެ 18 ވަނަ ދުވަހު އާ ރަންވޭއަށް ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެދުވަހު ބޯޓުގެ ކެޕްޓަނަކަށް އިންނާނީ ދިވެހިރާއްޖެއަށް ނިސްބަތްވާ އިއްތިހާދު އެއަރވޭޒްގައި މަސައްކަތްކުރާ މީހެކެވެ.
ޓެސްޓް ފްލައިޓަކީ މިވަގުތު ދުނިޔޭގައި ކޮމާޝަލް އެންމެ ބޮޑު އެއާކްރާފްޓަށް ވެގެންދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމެއް. މިވަގުތު އެކްސިސްޓިންގ އަންނަ އެއާކްރާފްޓް ކަމުގައިވާ ބޮއެންގ 300-777 ގެ އެއާކްރާފްޓެއް. ދެ ބޯޓުގައި ދަތުރުކުރެވޭ ޕެސެންޖަރުންނަށް އެއާބަސް އޭ380-800 ގައި ދަތުރުކުރެވޭކަމަށް ވާތީވެ ކޯސްޓް ކުޑަވެގެެން ދާނެ،” އެމްއެމްޕީއާރުސީގެ އެމްޑީ ހާރިސް ވިދާޅުވިއެވެ.
ހާރިސް ވިދާޅުވީ، އާ ރަންވޭ އާއި އެކު ޕާކިންގ ކެޕޭސިޓީވެސް އިތުރުވެގެންދާނެ ކަމަށެވެ. އެއާބަސް އޭ 380 މަރުކާގެ ބޯޓު ވެސް ޖެއްސޭ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ އޮތީ ތައްޔާރަށެވެ.