އިގިރޭސި ޕްރިމިއާލީގު: ސިޓީ ކުޅުނުމެޗް އެއްވަރުވިއިރު ލިވަޕޫލާއި އާސެނަލް ކުޅުނު މެޗުތަކުން އެދެޓީމް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި   ވުލްވްސް ބައްދަލުކުރިމެޗް 1 ލަނޑު 1 ލަނޑުން އެއްވަރުވެފައިވާއިރު އާސެނަލްއާއި ވެސްހަމްޔުނައިޓެޑް ބައްދަލުކުރިމެޗު 3 ލަނޑު 1 ލަނޑުން އާސެނަލް ކާމިޔާބުކޮށްފިއެވެ.

ރޭ ޕްރިމިއާލީގުގައި ކުޅެވުނު އެހެންމެޗްތަކަށް ބަލާއިރު ބޯންމައުތު އާއި އެވަޓަން ބައްދަލުކުރިމެޗް 2 ލަނޑު 2 ލަނޑުން އެއްވަރުވެފައިވާއިރު ސައުތުހަމްޓަމްއާއި ލެސްޓާސިޓީ ބައްދަލުކުރިމެޗް 2 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ލެސްޓަރސިޓީއެވެ.

އަދި މީގެ އިތުރަށް ރޭ ޕްރިމިއާލީގުގައި ކުޅެވުނު މެޗްތަކުގެ ތެރެއިން ބްރައިޓަން  އާއި ލިވަޕޫލް ބައްދަލުކުރިމެޗް 1 ލަނޑު 0 ލަނޑުން  ކާމިޔާބުކޮށްފައިވަނީ ލިވަޕޫލްއެވެ.

ޕްރިމިއާލީގުގައި ރޭ ކުޅެވުނު މެޗްތަކަށްފަހު ޕޮއިންޓް ޓޭބަލް އޮތް ގޮތަށް ބަލާއިރު ލިވަޕޫލް ވަނީ ޖެހިޖެހިގެން ތިން މެޗުން ހޯދި މޮޅާ އެކު ނުވަ ޕޮއިންޓް ހަމަކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ސިޓީ އާއި ބޯންމައުތުއަށް 3 މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

 

Next: ރެއާލްމެޑްރިޑާއި ޖިރޯނާ ބައްދަލުކުރިމެޗްގެ ތެރެއިން